back to top
29 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

މަސްވެރިން އެޕްރީލްމަހުގެ މިހާތަނަށް މިފްކޯއަށް 44 މިލިއަން ރުފިޔާގެ މަސް ވިއްކައިފި

މިއަަހަރުގެ އެޕްރީލްމަހުގެ މިހާތަނަށް މަސްވެރިން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އަށް 44 މިލިއަން ރުފިޔާގެ މަސް ވިއްކައިފި އެވެ.

މިފްކޯގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އެޕްރީލް މަހުގެ 1 ވަނަ ދުވަހުން ފެށިގެން 18 ވަނަ ދުވަހުގެ ނިޔަލަށް މަސްވެރިން މިފްކޯއަށް ޖުމްލަ 44،037،039ރ (ސާޅީސް ހަތަރު މިލިއަން ތިރީސް ހާތްހާސް ތިރީސް ނުވަ ރުފިޔާ)ގެ މަސް ވިއްކާފައި ވެއެވެ. އެ މުއްދަތުގައި 569 އޮޑިއަކުން މިފްކޯގެ އެކި ފެސިލިޓީތަކާއި ބޯޓްތަކަށް މަސް ވިއްކާފައި ވެއެވެ.

އެޕްރީލް މަހުގެ 1 ވަނަ ދުވަހުން ފެށިގެން 18 ވަނަ ދުވަހުގެ ނިޔަލަށް މަސްވެރިން މިފްކޯއަށް ވިއްކި މަހަށްވާ ފައިސާ އެކުންފުނިން ބަރާބަރަށް ދޫކުރަމުން އައިސްފައިވާއިރު، މިއަދާ ހަމަޔަށް ޖުމްލަ 36،495،244 ރ(ތިރީސް ހަ މިލިއަން ހަތަރުސަތޭކަ ނުވަދިހަ ފަސް ހާސް ދުއިސައްތަ ސާޅީސް ހަތަރު ރުފިޔާ) ދޫކޮށްފައި ވެއެވެ. މަސް ވިއްކި އޮޑިފަހަރަށް ކޮންމެ ދުވަހަކުވެސް ފައިސާ ދޫކޮށްފައިވަނީ، ވަކިވަކި އޮޑިފަހަރުން މިފްކޯގެ ފެސިލިޓީތަކާއި ބޯޓްތަކުން ކްރެޑިޓަށް ނަގާފަހުރި އައިސް އަދި ތެލަށްވާ ފައިސާ އުނިކުރުމަށްފަހު އެވެ. މި މުއްދަތުގައި އޮޑިފަހަރުން 10.2 މިލިއަން ރުފިޔާގެ ތަކެތި ކްރެޑިޓަށް ނަގާފައިވާކަން މިފްކޯގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.

މަސްވެރިން މިފްކޯއަށް ކިރާމަހަށް 48ގަޑީއިރުގެ ތެރޭގައި ފައިސާދޫކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދާ އެއްގޮތަށް 10 ޑިސެންބަރު 2024 ގައި މިފްކޯއިންް ފައިސާ ދޫކުރަން ފަށާފައިވާއިރު، މިހާތަނަށް 470 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ދޫކޮށްފަ އެވެ. މިފްކޯއިން ކުރިން ފައިސާ ނުދޭ މައްސަލައިގަ މަސްވެރިންގެ މެދުގައި އެކުންފުންޏަށް އޮތް އިތުބާރު ގެއްލުނުނަމަވެސް، މިހާރު ގަވައިދުން ފައިސާ ދޫކުރަން ފެށުމާއެކު އިތުބާރު އަނބުރާ ލިބެންވަނީ ފަށާފައެވެ.

މިލިޔުމާއި ގުޅޭ