back to top
29 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ޗައިނާގެ ސީއެންއެފްޕީއޭގެ ދިރާސާ ދަތުރުގައި ރާއްޖޭގެ މަސްކާރުޚާނާތަކަށް ޒިޔާރަތްކޮށް ކަމާގުޅޭ ފަރާތްތަކާއެކު މުހިންމު މަޝްވަރާތަކެއް!

ޗައިނާގެ ޗޭމްބަރ އޮފް ކޮމާސް ފޮރ ފުޑް ސްޓަފް އެންޑް ނޭޓިވް ޕްރޮޑިއުސް(ސީއެފްއެންއޭ) އިން ރާއްޖެއަށް ކުރި ދިރާސާތަކުގައި ރާއްޖޭގެ މައި މަސް ކާރުޚާނާތަކަށް ޒިޔާރަތްކޮށް، ކަމާގުޅޭ މުހިންމު މިނިސްޓްރީތަކާއި، މުއައްސަސާތަކާއެކު މުހިންމު މަޝްވަރާ ބައްދަލުވުންތަކެއް ބާއްވައިފި އެވެ.

މިމަހުގެ 14 އިން 18އިގެ ނިޔަލަށް، ސީއެފްއެންއިން ރާއްޖެއަށް ކުރި ދަތުރަކީ ރާއްޖެ-ޗައިނާއާ ދެމެދު އަމަލުކުރަމުން އަންނަ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ތެރެއިން ރާއްޖޭގެ މަސްވެރިކަމާއި ކަނޑުމަހުގެ އެކްސްޕޯޓް އިތުރުކުރުމަށް ހުރި ފުރުސަތުތައް ދެނެގަތުމަށް ކުރި ދިރާސާ ދަތުރެކެވެ. މި ދަތުރުގެ ތެރެއިން ވަފުދުން ވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ އިތުރުން ކަސްޓަމްސް އާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގްސް އޮތޯރިޓީ(އެމްއެފްޑީއޭ) އާއި، މޯލްޑިވްސް ސީފުޑް ޕްރޮސެސަރސް އެންޑް އެކްސްޕޯޓަރސް އެސޯސިއޭޝަން (އެމްއެސްޕީއީއޭ)ގެ މަންދޫބުންނާ ބައްދަލުކޮށް، ދެގައުމުގެ ވިޔަފާރި ހަރުދަނާކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކޮށްފައެވެ. މީގެ އިތުރުން އެ ވަފްދުން ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއްވެސް ކުރިއެވެ. އެ ބައްދަލުވުމުގައި މިނިސްޓަރުވަނީ މަސްވެރިކަމާއި އެކުއަކަލްޗަރ ދާއިރާއިން ގުޅިގެން މަސައްކަތްކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.

ސީއެފްއެންއޭ ވަފްދުން ފިޝަރީޒް މިނިސްޓްރީއާއެކު ބޭއްވެވި ބައްދަލުވުމުގެތެރެއިން/ ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ވަފްދުގެ ދަތުރުގައި ރާއްޖޭގެ މައި މަސްކާރުޚާނާތައްކަމަށްވާ މިފްކޯ، އެންސިސް ފިޝަރީޒް، ބިގް ފިޝް ފެކްޓްރީ، އަދި މާންދޫ ޕްރޮސެސިން ފެސިލިޓީއަށް ޒިޔާރަތްކޮށް، އެތަންތަނުގެ އޮަޕަރޭޝަންތައް ތަޖުރިބާކޮށްފައިވެއެވެ. އަދި މަނިޔަފުށްޓާއި، ކ.ގުޅިއަށާއި ހުޅުމާލޭގެ ސައިޓްތަކަށް ޒިޔާރަތްކޮށް ރާއްޖޭގައި އެކުއަކަލްޗަރ މަސައްކަތްތައް ކުރިޔަށްދާގޮތްވެސް ވަފްދުން ތަޖުރިބާކޮށްފައި ވެއެވެ. މި ތަޖުރިބާގެ އަލީގައި ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގެ އުފެއްދުންތަކުގެ އެކްސްޕޯޓް ކުރިއެރުވުމަށް ހުރި ގާބިލިއްޔަތުކަން ވަފްދަށް އެނގިގެންދާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައި ވެއެވެ.

ސީއެފްއެންއޭއިން މިފްކޯ މެނޭޖްމެންޓާއެކު ބޭއްވެވި ބައްދަލުވުން/ ފޮޓޯ: މިފްކޯ

ޗައިނާ ޗެމްބަރ އޮފް ކޮމާސް ފޯ ފުޑްސްޓަފްސް އެންޑް ނޭޓިވް ޕްރޮޑިއުސް (ސީއެފްއެންއޭ) އަކީ، ޗައިނާގެ ކާބޯތަކެއްޗާއި ދަނޑުވެރިކަމުގެ އުފެއްދުންތައް އިމްޕޯޓަރުންނާއި އެކްސްޕޯޓްކުރާ ފަރާތްތައް ތަމްސީލުކުރާ ގައުމީ ސިނާއަތުގެ ޖަމިއްޔާއެކެވެ. އެ ޖަމްއިއްޔާއިން ރާއްޖޭގައި މި ދިރާސާކުރުމަށް އިސްނެގުމަކީ ރާއްޖޭގެ މަސްވެރިކަމުގެ އެކްސްޕޯޓް ބޭސް ފުޅާކުރުމާއި، ޗައިނާ-މޯލްޑިވްސް އެފްޓީއޭ އިތުރަށް ފައިދާހުރި ގޮތެއްގައި ބޭނުންކުރުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށް ބެލެވެއެވެ.

މިލިޔުމާއި ގުޅޭ