back to top
29 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ކަނޑު އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޚާއްސަ ޕްރޮގްރާމެއް!

ކަނޑު އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މަގުސަދުގައި ޓްރާންސްޕޯޓް މިނިސްޓްރީން ޚާއްސަ ޕްރޮގްރާމެއް ފަށައިފި އެވެ.

މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ކަނޑު ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކޮށް، ކަނޑުމަތީގައި ހިނގާ ހާދިސާތައް މަދުކުރުންކަމަށާއި، މި ޕްރޮގްރާމް ކުރިޔަށް ގެންދާނީ މުޅި އަހަރު ދުވަހަށް އެކި ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.

ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހި އަމާޒުކުރީ އަތޮޅުތަކުން މާލެއަށް އަންނަ މީހުންނާއި މުދާ އުފުލާ އުޅަނދުފަހަރުގެ ތެރެއިން މާލޭގެ ނޯތު ހާބަރަށް އަންނަ އުޅަނދުފަހަރަށެވެ. އެގޮތުން، މި މަހުގެ 10 އިން 17 އަށް މާލޭގެ އުތުރު ބަނދަރު ސަރަހައްދުގައި ބަނދަރުކޮށްފައިވާ ހުރިހާ އުޅަނދުފަހަރަކަށް ޒިޔާރަތްކޮށް، އުޅަނދުފަހަރުގެ ސަލާމަތާ ގުޅޭ ތަކެއްޗާއި ކަންކަން ފުރިހަމަވެފައި ހުރި މިންވަރު ބަލައި، ސަލާމަތާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދީފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ. އަދި، އެ ސަރަހައްދުގައި ބަނދަރުކޮށްފައިވާ އުޅަނދުފަހަރުގެ ވެރިންނާއި، އޮޕަރޭޓަރުންނާއި އަދި ކެޕްޓަނުންނަށް އަމާޒުކޮށްގެން ޚާއްޞަ ޕްރޮގްރާމެއް ފެށުމަށް ނިންމާފައިވާކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނިގޮތުގައި، މި ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކަނޑުދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވާކަމުގެ ހެއްކެކެވެ. އަދި، މި ޕްރޮގްރާމްގެ ސަބަބުން އުޅަނދުފަހަރުގެ ވެރިންނާއި އޮޕަރޭޓަރުންގެ ހޭލުންތެރިކަން އިތުރުވެ، ކަނޑުމަތީގެ ދަތުރުފަތުރު އިތުރަށް ރައްކާތެރިވެގެންދާނެކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

މިލިޔުމާއި ގުޅޭ