back to top
29 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ކުޅުދުއްފުށި ސިޓީ ބަނދަރުގައި ސީސީޓީވީ ކެމެރާ ހަރުކުރަނީ

ކުޅުދުއްފުށި ސިޓީ ބަނދަރުގައި ސީސީޓީވީ ކެމެރާ ހަރުކުރުމާ ގުޅޭގޮތުން ދިވެހި ފުލުހުންގެ ޚިދުމަތާއި ކުޅުދުއްފުށި ސިޓީ ކައުންސިލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް އިއްޔެ ކުޅުދުއްފުށި ސިޓީ ކައުންސިލުގައި ބޭއްވި ރަސްމިއްޔާތުގައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އަޕަރ ނޯތު ޕޮލިސް ކޮމާންޑަރު، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހީމް ޒުހުރީއެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކުޅުދުއްފުށި ސިޓީގެ މޭޔަރު އަޙްމަދު އާޠިފްއެވެ.

ފުލުހުން ބުނީ،  ޔޫއެންއޯޑީސީއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ކުޅުދުއްފުށި ސިޓީ އެކި ހިސާބުތަކުގައި ކެމެރާ ހަރުކުރަމުން ގެންދާނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. މިގޮތުން ފުރަތަމަ ފިޔަވަހީގައި ކެމެރާ ހަރުކުރާނީ ކުޅުދުއްފުށި ސިޓީގެ ބޮޑު މުޙައްމަދު ކަލޭފާނު ބަނދަރުގައި ކަމަށް ފުލުހުން ބުންޏެވެ.

ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމްސް(ޔޫ.އެން.އޯ.ޑީ.ސީ)ގެ އެހީތެރިކަމާއެކު، ހަރުކުރާ މި ކެމެރާތަކުގެ ކޮންޓްރޯލް އަދި ސާވަރ ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށި ސިޓީ ޕޮލިހުގައިކަމަށްވެސް ފުލުހުން ބުންޏެވެ.

މިލިޔުމާއި ގުޅޭ