back to top
32 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ޓެެކްނިކަލް މައްސަލަ ދިމާވިނަމަވެސް ގައްދޫ ޕްލާންޓުން މިހާރު މަސްވެރިންނަށް އައިސް ލިބޭނެ: މިފްކޯ

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އިން ގދ. ގައްދޫ ގައި ހިންގަމުން އަންނަ އައިސް ޕްލާންޓުން މަސްވެރިންނަށް އައިސް ދޫކުރަން ފަށައިފި އެވެ.

ގައްދޫ އައިސް ޕްލާންޓުން އައިސް ދޫކުރުން މެދު ކެނޑުނީ، އެ ޕްލާންޓަށް ކުޑަ ޓެކްނިކަލް މައްސަލައެއް ދިމާވުމުގެ ސަބަބުންނެވެ. މި މައްސަލައިގައި މިއަދު މިފްކޯއިން ބުނީ، އެ ޕްލާންޓަށް ދިމާވި މައްސަލަ ހައްލުކުރުމުގެ މަސައްކަތް އެ ކުންފުނީގެ އިންޖިނިއަރިންގ ޓީމުން ކުރިޔަށް ގެންދާކަމަށާއި، މަސައްކަތް ކުރިޔަށް ގެންދިއުމާއެކު އެކީގައި މަސްވެރިންނަށް މިއަދު އައިސް ދޫކުރަމުން ގެންދާނެކަމަށެވެ.

ގައްދޫ އައިސް ޕްލާންޓްގެ އިތުރުން، ގދ. ތިނަދޫގައި ވެސް މިފްކޯއިން އަންނަނީ އައިސް ޕްލާންޓެއް ހިންގަމުންނެވެ. އެ އައިސްޕްލާންޓް މި ވަގުތު ހުރީ ”ފުލް އޮޕަރޭޝަން“ ގައެވެ.

 

މިލިޔުމާއި ގުޅޭ