back to top
29 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ކަންނެލި ޖެޓީން ތެޔޮލިބުން ދަތިވާތީ ބީކޭއެމްޔޫއިން ކަންބޮޑުވުން ފާޅުކޮށްފި

ހުޅުމާލެ ކަންނެލި ޖެޓީން ތެޔޮއެޅުމުގައި ދިމާވާ ދަތިތައް ހައްލު ނުވާތީ، ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން(ބީކޭއެމްޔޫ)އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ކަންބޮޑުވުން ފާޅުކޮށް ބީކޭއެމްޔޫއިން އެކްސްގައި ކުރި ޕޯސްޓުގައި ބުނެފައި ވަނީ، މަސްވެރިންނަށް ނަމަކަށް ކަމެއް ކޮށްދިނުމުގެ ބަދަލުގައި ގަވައިދުން ޚިދުމަތް ދެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ގޮވާލާކަމަށެވެ. އެޖަމިއްޔާއިން ބުނީ ފިއުލް ސަޕްލައި މޯލްޑިވްސް(އެފްއެސްއެމް)ގެ ބައުޒަރުތަކުން ދޯނި ފަހަރަށް ތެޔޮއަޅާއި އިރު، ޚިދުމަތް ލިބޭ ވަގުތަށް ވުރެ ގިނައީ ޚިދުމަތް ނުލިބޭ ވަގުތު ކަމުގައިވާތީ، ކަންނެލި ދޯނި ފަހަރު މަހަށް ފުރުމުގައި ވަރަށް ބޮޑަށް ދަތިތަކާއި ކުރިމަތިލާން ޖެހޭ ކަމަށެވެ.

ބީކޭއެމްޔޫގެ އިސްބޭފުޅަކު ”ކެޔޮޅާ“ ނޫހަށް މައުލޫމާތު ދެމުން ބުނީ ކޮންމެ ދުވަހަކުވެސް އޮޑިފަހަރަށް ތެޔޮއަޅަން ޖެހޭއިރު، ތެޔޮއެޅުމަށް ފިއުލް ސަޕްލައިން ބޭނުން ކުރަނީ އެންމެ ބައުޒަރެއް ކަމަށާއި، ބައުޒަރުން ތެޔޮ ހުސްވުމުން ދެން އެދުވަހަކު ތެޔޮ ނޭޅި އެތައް ވަގުތެއް ގެއްލިގެންދާކަމަށެވެ.

”ދެތިން ދޯންޏަށް ތެޔޮ އެޅޭއިރު ބައުޒަރުން ތެޔޮ ހުސްވޭ. ދެން ތެޔޮ ލިބޭނެ ގޮތެއް ނޯވޭ. އެހެންވީމާ މިކަމަށް ހައްލެއް ބޭނުންވާތީ، ފިޝަރީޒް މިނިސްޓަރާއި އެކުގައި ބޭއްވި ބައްދަލުވުމުގައިވެސް އެކަންބޮޑު ވަނީ ޙިއްޞާކުރެވިފައި“ ބީކޭއެމްޔޫގެ ފަރާތުން މައުލޫމާތުދިން ކެޔޮޅު ބުންޏެވެ.

މަސްވެރި އޮޑިފަހަރަށް ސަރުކާރުންދޭ ސަބްސިޑީ ތެޔޮ މާލެ ސަރަހައްދުން ލިބެނީ ހަމައެކަނި ހުޅުމާލޭގައި އެފްއެސްއެމްގެ ޝެޑުންކަމަށްވާތީ، އެތަނުން ޑީސަލް ގަތުމަށް ގިނަ އަދަދެއްގެ ދޯނި ފަހަރު ކޮންމެ ދުވަހަކުވެސް ހުޅުމާލެ ކަންނެލި ޖެޓީއަށް އާދެއެވެ. އޮޑިފަހަރުން އެދެނީ، ބައުޒަރުން ތެޔޮ ނޭޅޭ ވަގުތުތަކުގައި ދޯނި ފަހަރު ހުޅުމާލެ، އެފްއެސްއެމްގެ ޝެޑާއި ދިމާއިން ޖެޓީއަށް ގާތްކޮށް ތެޔޮ އެޅުމުގެ އިންތިޒާމްތައް ހަމަޖައްސައި ދިނުމަށެވެ.

މިލިޔުމާއި ގުޅޭ