މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް (އެފްއެފްސީ) ގައި ލީޑަރޝިޕް ވިޒިޓް ޕްރޮގްރާމެއް ފަށައިފި އެވެ.
އޭޕްރީލް މަހުގެ 16 އިން 19 ގެ ނިޔަލަށް ހިންގަމުންދާ މި ސްޓްރެޓެޖިކް އިނިޝިއޭޓިވްއަކީ ކޯޕަރޭޓް ލީޑަޝިޕާއި ފެސިލިޓީ މެނޭޖްމަންޓާ ދެމެދު އެއްބާރުލުން އިތުުރުކޮށް، އޮޕަރޭޝަނަލް އަދި ސްޓްރެޓެޖިކް ލަނޑުދަނޑިތައް އެއްގޮތްކޮށް، ކުންފުނީގައި “އެއް ޓީމް” ސަގާފަތް ވަރުގަދަ ކުރުންކަމަށް މިފްކޯއިން ބުންޏެވެ.
މިފްކޯއިން ބުނީ، ހަތަރު ދުވަހަށް ކުރިޔަށްދާ މި ޕްރޮގްރާމްގައި ކުންފުނީގެ އިސްވެރިންނާއި، ކުންފުނީގެ އެކި ޑިޕާޓްމަންޓްތަކުގެ އިސްވެރިންނާއި، ފެސިލިޓީތަކުގެ މުވައްޒަފުންގެމެދުގައި، މުވާސަލާތާއި އޮޕަރޭޝަނަލް އެފިޝަންސީ އަދި ކްރޮސް ޑިޕާޓްމަންޓް ޓީމްވޯކް އިތުރުކުރުމަށް ފަރުމާކޮށްފައިވާ އިންޓަރެކްޓިވް ސެޝަންތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މި ޕްރޮގްރާމްގައި ފެސިލިޓީ އޮރިއެންޓޭޝަން، ސޭފްޓީ ބްރީފިންގްސް، އަދި އޮޕަރޭޝަނަލް މުހިންމު ދާއިރާތަކުގެ ގައިޑް ޓުއާތައް ހިމެނޭއިރު، ދުވަހުން ދުވަހަށް ހިންގާ އޮޕަރޭޝަންތަކުގެ ވިސްނުންް ފުރަތަމަ ފަހަރަށް ލީޑަޝިޕަށް ލިބިގެންދާނެކަމަށެވެ. މީގެ އިތުރުން ކުންފުނީގެ އިސްވެރިންނާއި މުވައްޒަފުންނާ ދެމެދު ގުޅުން ބަދަހި ކުރުމުގެ ހަރަކާތްތަކާއި، އެކްޝަން ޕްލޭންތައް ދެނެގަތުމަށް ކޯލަބަރޭޓިވް ވޯކްޝޮޕްތަކާއި، މަސްދަތުރެއްގެ އިތުރުން، ނެޓްވޯކިން ހަރަކާތްތައް ވެސް ހިމެނެ އެވެ.
މި ޕްރޮގްރާމްގެ ތެރެއިން ”ބިލްޑިން ދަ ފިއުޗާ އޭޒް ވަން ޓީމް“ ގެ ނަމުގައި މިފްކޯގެ ސީއީއޯ ފަރުހަތު ޝަހީރު ވަނީ ޖޮއިންޓް ޓައުން ހޯލް ސެޝަންއެއް ބާއްވަވާފަ އެވެ. އެ ސެޝަންއަށްފަހު ބްރޭކްއައުޓް ސެޝަންތަކެއްވެސް ކުރިޔަށް ގެންގޮސްފައި ވެއެވެ. އަދި، ކުންފުނީގެ އެކި ޑިޕާޓްމަންޓްތަކުގެ ވެރިން ކުންފުނީގެ ސްޓްރެޓެޖީތަކާ ބެހޭ ގޮތުން މުހިންމު މަޝްވަރާތަކެއް ކުރިޔަށްގެންގޮސްފައި ވެއެވެ.
ލީޑަރޝިޕް ވިޒިޓް ޕްރޮގްރާމަކީ، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގެ އެންމެ ކުރީގައި ދެމިއޮތުމުގެ ޘަގާފަތް ދިރުވައ، އޮޕަރޭޝަނަލް އެކްސެލެންސް އާލާކުރުމަށް މިފްކޯއިން ކުރަމުންދާ މަސައްކަތުގެ މުހިންމު ފިޔަވަޅެކެވެ.