back to top
29 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ވައިކަރަދޫ ވަދު ކަނދުފަތީގެ ނެވިގޭޝަން ބައްތީގެ މައްސަލަ ހައްލުކޮށްފި

ހދ. ވައިކަރަދޫ ބޭރުގައި އަޅާފައިވާ ވަދު ކަނދުފަތީގެ ނެވިގޭޝަން ބައްތީގެ މައްސަލަ ހައްލުކޮށްފި އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މިހާރު އެ މިނިސްޓްރީގެ ޓީމުން އުތުރުގެ އަތޮޅުތަކަށް ކުރަމުންދާ ދަތުރުގައި، ހދ. ވައިކަރަދޫއާ ދިމާ ބޭރުގައި ހަރުކޮށްފައިވާ ވަދު ކަނދުފަތީގެ ނެވިގޭޝަން ބައްތި ނުދިއްލޭ މައްސަލަ ދިމާވެފައިވާކަން ފާހަގަކުރެވި، އެ މައްސަލަ ހައްލުކޮށްފައިވާކަމަށެވެ.

ވައިކަރަދޫ ވަދުކަނދުފައްޗަކީ 2023 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެތެރޭގައި ގާއިމުކޮށްފައިވާ ކަނދުފައްޗެކެވެ. އެ ކަނދުފަތި އޮންނަނީ ވައިކަރަމުރައިދޫގެ ހުނޅަގުން 4.5 މޭލު ބޭރުގަ އެވެ. ކަނދުފަތީގެ ނަންބަރަކީ C08V01 އެވެ.

ވަދު ކަނދުފައްޗަކީ ވަދު ނަނުގެ އަދި ސްޕޯޓް ފިޝިންގ މަސްވެރިކަމަށް ޚާއްސަ ކަނދުފައްޗެކެވެ. ވަދު ކަނދުފަތި، ފަރުމާކޮށްފައިވަނީ ދުރަށް ފެންނަހެން ބައްތިއަކާއި، ކަނދުފަތި އޮތް ތަން ފަސޭހައިން ދެނެގަނެވޭނެގޮތަށް ހުންނަ ރާޑަރު ރިފްލެކްޓަރަކާއި އެކުގައެވެ.

މިލިޔުމާއި ގުޅޭ