back to top
29 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ނަލަންދޫ ބޭރުގައި ވަދު ކަނދުފައްޗެއް އަޅައިފި

ށ. ނަލަންދޫ ބޭރުގައި ވަދު ކަނދުފައްޗެއް އަޅައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ، ނަލަންދޫ ވަދު ކަނދުފަތި، ނަލަންދޫ އިރު ދެކުނުން 4 މޭލު ބޭރުގައި ޤާއިމްކޮށްފައިވާކަމަށެވެ. ކަނދުފަތީ ނަންބަރަކީ، D09V02 އެވެ.
މިދިޔަ އަހަރު ފިޝަރީޒް މިނިސްޓްރީން ވަނީ ށ. ފުނަދޫ ބޭރުގައި ވެސް ވަދު ކަނދުފައްޗެއް އަޅާފަ އެވެ. އެ ކަނދުފަތި އޮންނަނީ އެރަށު އިރުން 4.5 މޭލު ބޭރުގަ އެވެ.

ރަށްރަށުގެ ވަށައިގެން 3 މޭލާއި 6 މޭލާއި ދެމެދުގެ ދުރުމިނުގައި ޤާއިމުކުރާ ވަދު ކަނދުފައްޗަކީ ވަދު ނަނުގެ އަދި ސްޕޯޓް ފިޝިންގ މަސްވެރިކަމަށް ޚާއްސަ ކަނދުފަތިތަކެކެވެ. ވަދު ކަނދުފަތި، ފަރުމާކޮށްފައިވަނީ ދުރަށް ފެންނަހެން ބައްތިއަކާއި، ކަނދުފަތި އޮތް ތަން ފަސޭހައިން ދެނެގަނެވޭނެގޮތަށް ހުންނަ ރާޑަރު ރިފްލެކްޓަރަކާއި އެކުގައެވެ.

މިލިޔުމާއި ގުޅޭ