back to top
29 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ށ. އަތޮޅުގައި ސްޕޯޓްސް ފިޝިންގ ވަދު ކަނދުފައްޗެއް އަޅައިފި

ށ. އަތޮޅުގައި މުޅިން އަލަށް ސްޕޯޓްސް ފިޝިންގ އަށް ޚާއްސަކޮށްގެން ވަދު ކަނދުފައްޗެއް އަޅައިފި އެވެ.

ކަނޑުފަތި އެޅީ ށ. ފުނަދޫގެ އިރުން 4.5 މޭލު ބޭރުގައި ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައި ވެއެވެ. ކަނދުފަތީގެ ނަންބަރަކީ D09V01 އެވެ.

ވަދު ކަނދުފައްޗަކީ ވަދު ނަނުގެ އަދި ސްޕޯޓް ފިޝިންގ މަސްވެރިކަމަށް ޚާއްސަ ކަނދުފަތިތަކެކެވެ. ވަދު ކަނދުފަތި، ފަރުމާކޮށްފައިވަނީ ދުރަށް ފެންނަހެން ބައްތިއަކާއި، ކަނދުފަތި އޮތް ތަން ފަސޭހައިން ދެނެގަނެވޭނެގޮތަށް ހުންނަ ރާޑަރު ރިފްލެކްޓަރަކާއި އެކުގައެވެ.

ވަދު ކަނދުފަތި ގާއިމު ކުރުމުގެ ޕްރޮގްރާމު ފެށީ މިދިޔަ އަހަރެވެ. މިޕްރޮގްރާމުގެ ދަށުން ރާއްޖޭގެ އެކި ސަރަޙައްދުގައި ވަދު ކަނދުފަތި ގާއިމުކުރުމުގެ މަސައްކަތް މިދިޔަ އަހަރުވެސް ކުރިއަށް ގެންދިޔައެވެ.

ދާދީ ފަހުން ހުޅުމާލެ ސަރަަހައްދުގައިވެސް އަލަށް ވަދު ކަނދުފައްޗެއް ގާއިމުކުރި އެވެ.

 

 

މިލިޔުމާއި ގުޅޭ