back to top
28.3 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ކާނޑެއްދޫ ވަދުކަނދުފަތި އަޅައިފި

ގދ. ކާނޑެއްދޫ ވަދު ކަނޑުފަތި އަޅައިފި އެވެ.

ފިޝަރީޒް މިނިސްޓްރީގެ ޓީމުން މިއަދު މި ކަނދުފަތި އަޅާފައިވަނީ ކާނޑެއްދޫ ހުޅަނގުން 5 މޭލު ބޭރުގައެވެ.

ވަދު ކަނދުފަތި ނަންބަރަކީ P08V01 އެވެ.

ރަށްރަށުގެ ވަށައިގެން 3 މޭލާއި 6 މޭލާއި ދެމެދުގެ ދުރުމިނުގައި ޤާއިމުކުރާ ވަދު ކަނދުފައްޗަކީ ވަދު ނަނުގެ އަދި ސްޕޯޓް ފިޝިންގ މަސްވެރިކަމަށް ޚާއްސަ ކަނދުފަތިތަކެކެވެ. ވަދު ކަނދުފަތި، ފަރުމާކޮށްފައިވަނީ ދުރަށް ފެންނަހެން ބައްތިއަކާއި، ކަނދުފަތި އޮތް ތަން ފަސޭހައިން ދެނެގަނެވޭނެގޮތަށް ހުންނަ ރާޑަރު ރިފްލެކްޓަރަކާއި އެކުގައެވެ.

މިއަދު މި އެޅި ކަނދުފައްޗާއެކު ސްޕޯޓްސް ފިޝިންއަށް އަޅާފައިވާ ކަނދުފަތީގެ އަދަދު ވަނީ 27އަށް އަރާފައެވެ.

 

މިލިޔުމާއި ގުޅޭ