back to top
32 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

މަސްދަޅު ކޭސް ބެހުން ފަސޭހަކުރުމަށް އިތުރު ޓޯކެން ނަންބަރު ދޫކުރަނީ

ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން މާލެ ސަރަަހައްދަށް ބަހާ މަސްދަޅު ނަގަންދާ ފަރާތްތަކަށް ދޫކުރަމުން އަންނަ ޓޯކަންގެ ޢަދަދު މިރޭ އިތުރުކުރަން ނިންމައިފި އެވެ. ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ  ވަޒީރު އާދަމް ޝަރީފު ޢުމަރު މިކަން އިއުލާނުކުރެއްވީ މިއަދު ހެނދުނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި ވަޒީރު ވިދާޅުވީ، ރޭ ވަރަށް އޮމާން، ފަސޭހަ އިންތިޒާމުތަކެއްގެ ތެރެއިން ރޯދަ ހަދިޔާ ދޫކުރުން ކުރިޔަށްގެންދެވުނު ކަމަށާއި، އިތުރަށް ރައްޔިތުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން، މިރޭ 18:00 ގައި ޓޯކަން ދޫކުރަން އަލުން ފައްޓާ އިރު ބަދަލުތަކެއް ގެންނަވާނެކަމަށެވެ. އެ ގޮތުން ކޮންމެ މަރުކަޒަކަށް ދޫކުރާ ޓޯކަންގެ ޢަދަދު ރެޔަށް ވުރެ އިތުރުކޮށް، މިހާރު ޓޯކަން ނަންގަވައިފައިވާ ފަރާތްތަކުގެ ތެރެއިން، ފަހުގެ ތާރީޚަކަށް ޓޯކަން ލިބިލައްވައިފައިވާ ފަރާތްތަކަށް ތާރީޚު އަވަސްކޮށް، ރީޝެޑިއުލްކުރުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް ވަޒީރު ވިދާޅުވެފައި ވެއެވެ.

”ޓޯކަން ނެގުން ފަދަ ކަމެއްގައި ހައްލުކޮށްލަންޖެހޭ ފަދަ ކަމެއް ކުރިމަތިވާ ފަރާތްތަކަށް އެއް ދިމާލަކުން އެކަމަށް އަޅާލައި، އެކަން ހައްލު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން. މިރޭ ޓޯކަން ދޫކުރަން ފަށާއިރު، މިހާރު ޓޯކަން ލިބިފައިވާ ފަރާތްތަކަށް ހަމަ އެ ޓޯކަންއަށް ކުރިޔަށްގެންދެވޭނެ.“ ވަޒީރު ވިދާޅުވެފައި ވެއެވެ.

ރޯދަ ހަދިޔާއަކަށް ކޮންމެ ގޭ ބިސީއަކަށް މަސްދަޅު ކޭހެއް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ ވަޢުދުފުޅެކެވެ. އެވައުދުފުޅާ އެއްގޮތަށް ގޭ ބިސީތަކަށް ހަދިޔާ ކުރަނީ މިފްކޯގެ ފަސްމީރު ބްރޭންޑްގެ ތެލުގައި ރައްކާކޮށްފައި ހުންނަ 180ގ ބަރުދަނުގެ 48 މަސްދަޅުގެ ކޭހެކެވެ. މާލެއާއި ރާއްޖޭގެ އެކި ސަރަަހައްދުތަކުގައި މިހާރު ދަނީ މަސްދަޅު ކޭސް ބަހަމުންނެވެ. މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބަހަން ފެށީ މިމަހުގެ 20 ވަނަ ދުވަހު އެވެ. މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބެހުމަށް 13 މަރުކަޒެއް ގާއިމުކޮށްފައި ވެއެވެ.

މިލިޔުމާއި ގުޅޭ