back to top
32 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

މަސްދަޅު ކޭސް ބަހަން ފަށާނީ މިރޭ 08:30 ގައި: އެސްޓީީއޯ

ސަރުކާރުން ގޭބިސީތަކަށް ރޯދަ ހަދިޔާގެ ގޮތުގައި ބަހަން ނިންމާފައިވާ މަސްދަޅުކޭސް ތަކުގެ ތެރެއިން މާލެ ސަރަހައްދަށް ބަހާ މަސްދަޅު ދޫކުރަން ފަށާނީ މިރޭ ކަމަށް، އެކަން އިންތިޒާމު ކުރަމުން އަންނަ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން(އެސްޓީއޯ) އިން ބުނެފި އެވެ.

އެސްޓީއޯއިން ކުރިން މަސްދަޅު ކޭސް ބަހަން ނިންމީ މާލެެ ސިޓީ ކައުންސިލާ ގުޅިގެންކަމުން ކުރިން މަސްދަޅު ކޭސް ބަހާ ގަޑިތަކާއި ސަރަހައްދުތަށް ކަނޑައަޅާ އިއުލާނު ކުރަމުންދިޔައީ ކައުންސިލުންނެވެ. އެހެންނަމަވެސް، މިހާރު އެސްޓީއޯއިން ވަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއި މެދުވެރިކޮށް އިންތިޒާމުތައް ކުރިޔަށް ގެންދިއުމަށް ނިންމާފަ އެވެ. މި ނިންމުމާ ގުޅިގެން، މިއަދު 14:30 އިން 18:00 އަށް މަސްދަޅު ކޭސް ބަހަން ކުރިން ރާވާފައި އޮތް އޮތުން މިހާރުވަނީ ކެންސަލްކޮށްފަ އެވެ. މިއާއެކު މަސްދަޅު ކޭސް ބަހަން ފަށާނީ މިރޭ 08:30 ގައި ކަމަށް އެސްޓީއޯއިން ބުންޏެވެ.

”ކުރީ އަހަރުގެ ތަޖުރިބާއާއި ދިމާވި ދަތިތަކަށް ރިއާޔަތްކޮށް މިއަހަރުގެ ހަދިޔާ ބެހުމުގެ އިންތިޒާމުތައް އިތުރަށް ހަރުދަނާ ކޮށް ރައްޔިތުންނަށް ވީހާވެސް ފަސޭހަކޮށް މަސްދަޅު ކޭސް ލިބޭނޭގޮތަށް ކަންކަން ރާވާ ބައްޓަންކުރުމަށް ކުރިން 20 ފެބްރުއަރީވާ ބުރާސްފަތި ދުވަހުގެ 2:30ގައި ފަށަން ރޭވިފަވާ ހަރަކާތް މިހާރުވަނީ މިރޭގެ 8:30ގައި ފަށަން ބަދަލުކުރެވިފަ.“ އެސްޓީއޯއިން ބުންޏެވެ.

އެސްޓީއޯއިން ވަނީ މަސްދަޅު ކޭސް ބަހާ ސަރަހައްދުތަކަށްވެސް ބައެއް ބަދަލުތައް ގެނެސްފައެވެ. އެގޮތުން، މިވަގުތު މާލެ ސަރަހައްދުގައި މަސްދަޅު ބަހަން ނިންމާފައިވާ ސަރަހައްދުތަކަކީ:

  • މާލޭގައި: މިފްކޯ އޮފީސް ކޮމްޕައުންޑް އަދި ހެންވޭރު އެމްޓީސީސީ ސޯމިލް
  • ވިލިމާލޭގައި: ވެމްކޯ ސައިޓް
  •  ހުޅުމާލެ ފޭސް-1 ގައި: އުމަރު ޒާހިރު ބިލްޑިންގ
  • ހުޅުމާލެ ފޭސް-2 ގައި: ހިޔާ ފްލެޓް ޓަވަރ 10 ގެ ޔޫތު ސެންޓަރު

އެސްޓީއޯއިން ބުނީ، މަސްދަޅު ކޭސް ބަހަން އިތުރު މަރުކަޒުތައް ގާއިމުކުރާނެކަމަށާއި، އިތުރަށް ގާއިމް ކުރެވޭ މަރުކަޒުގެ މައުލޫމާތު ހިއްސާކުރަމުން ގެންދާނެކަމަށެވެ.  މަސްދަޅު ކޭސް ބަހާ ގަޑިތަކަށްވެސް މިހާރު ވަނީ ބައެއް ބަދަލު ގެނެސްފަ އެވެ.

މަސްދަޅު ކޭސް ދޫކުރާ ތާރީޚް/ ގަޑިތައް:

  • 20 ފެބްރުއަރީ- 20:30 އިން 23:00 އަށް
  • 21 ފެބްރުއަރީ- ބަންދު
  • 22 ފެބްރުއަރީ- 10:00 އިން 16:00 އަށް އަދި ރޭގަނޑު 20:30 އިން 23:00 އަށް
  • 23 ފެބްރުއަރީ އިން 27 ފެބްރުއަރީ އަށް- 14:30 އިން 18:00 އަށް އަދި ރޭގަނޑު 20:30 އިން 23:00 އަށް
    މަސްދަޅު ނަގަންދާ ފަރާތްތަކުން ކަރަންޓް ބިލަކާއި އައިޑީކާޑް ހިފައިގެން މަސްދަޅު ކޭސް ދޫކުރާ ކޮންމެ މަރުކަޒަކަށް ދިޔަ ނަމަވެސް މަސްދަޅު ކޭސް ލިބޭނެއެވެ.

މިލިޔުމާއި ގުޅޭ