back to top
28.6 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ފިޠުރު އީދު ފާހަގަކުރުމަށް ފިޔޯރީ ކައުންސިލުން މަސް ރޭހެއް ބާއްވަނީ

މިއަަހަރުގެ ފިޠުރު އީދާ ދިމާކޮށް މަސް ރޭހެއް ބޭއްވުމަށް ގދ. ފިޔޯރީ ކައުންސިލުން ނިންމައިފި އެވެ.

ކައުންސިލުން ބުނީ، ”ގދ.ފިޔޯރީ މަސްރޭސް 2025“ ގެ ނަމުގައި މަސް ރޭހެއް ބާއްވަން ނިންމީ މިއަހަރުގެ ފިތުރު އީދު ކުލަގަދަކޮށް ފާހަގަކުރުމަށާއި، ރަަށުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ގާއިމުކުރުމަށާއި، މަސްވެރިކަމަށް ލޯބިކުރާ މަސްވެރި ޖީލެއް ބިނާކުރުމުގެ ގޮތުން ޒުވާނުންނަށް ހިތްވަރު ދިނުމަށާއި، މަސްބޭނުމާއި މަސްވެރިކަމުގެ ފޯރު އިތުރުކުރުމުގެ މަގުސަދުގައި ކަމަށެވެ. ރަށުގެ ރައްޔިތުންނަށް އާންމުކޮށް ހުޅުވާލައިގެން ބާއްވާ މަސް ބޭނުމުގެ މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 01 އޭޕްރިލް 2025 ވާ އަންގާރަ ދުވަހުކަމަށް ކައުންސިލުން ބުންޏެވެ.

ކައުންސިލުން މިހާރުވަނީ މަސްރޭހުގެ ގަވައިދުވެސް އާންމުކޮށް މަސް ރޭހުގައި ބައިވެރިވާން ނަން ނޯޓްކުރުމުގެ ފުރުސަތުވެސް ހުޅުވާލާފަ އެވެ. މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން، ”ގދ.ފިޔޯރީ މަސްރޭސް 2025“ ގެ ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު 13 މާރޗް 2025 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ކައުންސިލް އިދާރާއަށް ފޯމް ހުށަހެޅުއްވުމަށް ކައުންސިލުން އެދިފައި ވެއެވެ. އީމެއިން މެދުވެރިކޮށް ފޯމް ފޮނުވަން ބޭނުންވާ ފަރާތްތަކުން މެއިލް ކުރަންޖެހެނީ [email protected]  އަށެވެ.

މަސް ރޭހުގައި ބައިވެރިވެވޭނީ ޓީމުތައް ހަދައިގެންނެވެ. ކައުންސިލުން ބުނީ ކްލަބް، ޖަމްއިއްޔާ، އޮފީސްތައް އަދި ގްރޫޕްތައް ރަމްޒުކޮށްދޭގޮތަށް ޓީމްތައް މުބާރާތުގައި ބައިވެރި ކުރެވިދާނެކަމަށެވެ. ޓީމުގައި ބައިވެރިވެވޭނީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށެވެ. އެހެންނަމަވެސް ބެލެނިވެރިޔާގެ އިިއުތުރާޒާއެކު އަދި ބެލެނިވެރިޔާ ޒިންމާ ނަގާގޮތަށް 18 އަހަރުން ދަށުގެ ކުދިންނަށްވެސް ރޭހުގައި ބައިވެރިވުމުގެ ފުރުސަތު ލިބެއެވެ. ޓީމު ލިސްޓުގައި މަދުވެގެން 4 މީހުން ހިމަނަންޖެހެއެވެ. އަދި، އަންހެނުންނާއި ފިރިހެނުން ހިމެނޭހެން ކިތަންމެ ގިނަ ބައިވެރިންވެސް ލިސްޓުގައި ހިމެނިދާނެއެވެ. އެހެންނަމަވެސް، މަހަށް ފުރޭނީ 5 މީހުންނަށެވެ.

މަސް ރޭހުގައި ބައިވެރިވާ ވަނަ ވަނައަށްދާ ޓީމްތަކަށް އިނާމްތައް ހުށަހަޅާފައިވާ ވެއެވެ.

  • 1 ވަނައަށް ހޮވޭ ޓީމަށް:7000 ރުފިޔާ
  • 2 ވަނައަށް ހޮވޭ ޓީމަށް 3500 ރުފިޔާ
  • 3 ވަނައަށް ހޮވޭ ޓީމަށް 2000 ރުފިޔާމީގެ އިތުރުން މަސް ރޭހުގައި އެންމެ ބަރު މަސް ބަނާ ފަރާތަށާއި، މުބާރާތުގައި ބައިވެރިވާ އެންމެ ދޮށީ އުމުރުގެ ކެޔޮޅަށާއި، އެންމެ ހަނގު ކެޔޮޅަށްވެސް 500 ރުފިޔާގެ އިނާމެއް ދިނުމަށް ކައުންސިލުން ވަނީ ނިންމާފަ އެވެ.

މިލިޔުމާއި ގުޅޭ