back to top
29 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ކެޕޭސިޓީ ބޮޑު ކުރުމުގެ މަޝްރޫއުގެ މަސައްކަތް މިއަހަރު ފަށާނަން: ފިޝަރީޒް މިނިސްޓަރު

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް(އޭއެފްސީ)ގެ ކެޕޭސިޓީ އިތުރުކުރުމަށް ރޭވިފައިވާ މަޝްރޫއުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށްޓަވާނެކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެެވެ.

މިއަދު ކުރިޔަށްދާ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ތިންވަނަ ޖަލްސާގައި ވަޒީރާ ސުވާލުކުރެއްވުމަށް މެންބަރުންނަށް ހުޅުވާލެއްވި ފުުރުސަތުގައި އައްޑޫ ސިޓީ މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަހްމަދު ދީދީ އެ މަޝްރޫއު ފެއްޓޭނެ ތާރީޚެއް ސާފުކުރެއްވުމަށް ހުށަހެޅުއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރު ޝިޔާމް ވިދާޅުވީ، މަޝްރޫއަށް ބޭނުންވާ ފަންޑް ހަމަޖެހިފައިވާ ކަމަށާއި، މިއަހަރުތެރޭގައި މަޝްރޫގެ މަސައްކަތް ފަށްޓަވާނެކަމަށެވެ. އަދި މަސައްކަތް ފަށާތާ ދޮޅު އަހަރުތެރޭގައި މަސައްކަތް ނިންމާ އެތަނުން ޚިދުމަތް ދެވޭވަރު ކުރައްވާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ)ގެ ތަރައްގީއަށް ކުރަން ހުރި މަސައްކަތްތަކުގެ ތެރޭގައި ހިމަނައިގެން އޭއެފްސީގެ ކެޕޭސިޓީ އިތުުރުކުރުމުގެ މަސައްކަތް ކުރިޔަށްގެންދިއުމަށް ސަރުކާރުން ނިންމާފައިވާއިރު އެކަމަށް ބޭނުންވާ ފަންޑް ހަމަޖައްސާފައިވަނީ އިސްލާމިކް ޑެވެލޮޕްމެންޓް ބޭންކް(އައިއެސްޑީބީ) މެދުވެރިކޮށްނެވެ.

އޭއެފްސީގެ މިމަގުތުގެ ރައްކާކުރެވެނީ 1500 މެޓްރިކްް ޓަނުގެ މަހެވެ. އަދި، ބްރައިން ފްރީޒިންގް ކެޕޭސިޓި ހުރީ 50 ޓަނުގަ އެވެ. އޭއެފްސީގެ ކެޕޭސިޓީ އިތުރުކުރުމުގެ މަޝްރޫއުގެ ދަށުން އެތަނުގައި މަސް ރައްކާކޮށް ފިނިކުރުމަށްޓަކައި އިތުރުކުރެވޭ 1000 މެޓްރިކް ޓަނުގެ ސްޓޯރޭޖާއެކު، 50 ޓަނުގެ ބްރައިން ފްރީޒިންގް ކެޕޭސިޓީ އިތުރުކުރެވިގެންދާނެއެވެ. އެހެންކަމަށްވާނަމަ މަޝްރޫއު ނިމޭއިރު 2،500 މެޓްރިކް ޓަނުގެ މަސް ރައްކާކުރެވޭ މިންވަރަށް އޭއެފްސީ ތަރައްގީވެގެންދާނެއެވެ. އަދި ބްރައިން ފްރީޒިންގެ ކެޕޭސިޓީ 100 ޓަނަށް އިތުރުވެގެންދާނެ އެވެ.

މިލިޔުމާއި ގުޅޭ