back to top
31 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

އެމްއެންޔޫގެ ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒްއިން އެސްޓީސީޑަބްލިއު ބޭސިކް ސޭފްޓީ ކޯސްތަކެއް ފަށައިފި

މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ(އެމްއެންޔޫ) ގެ ސެންޓަރ ފޮރ މެރިން ސްޓަޑީޒް(ސީއެމްއެސް) އިންކުރިޔަށްގެންދާ އެސްޓީސީ ޑަބްލިއު ބޭސިކް ސޭފްޓީ ކޯސްތަކުގެ މިއަހަރުގެ ފުރަތަމަ ބެޗުގެ ކިޔެވުން ފަށައިފި އެވެ.

ސީއެމްއެސްގެ ހެޑް، ކެޕްޓަން މުހައްމަދު ޒާހިދު ވިދާޅުވީ، މިއަހަރު ކުރިޔަށްގެންދަން ރާވާފައިވާ ކޯސްތަކުގެ ތެރެއިން މިއަދު ފެށި 4 ކޯހަކީ، ބޭސިކް ފަޔަރ ފައިޓިންގ، އެލެމެންޓަރީ ފަސްޓްއެއިޑް، ޕާސަނަލް ސަވައިވަލް އެޓް ސީ އަދި ޕާސަނަލް ސޭފްޓީ އެންޑް ރެސްޕޮންސިބިލިޓީ ކަމަށެވެ. އެކު އެކީގައި ކުރިޔަށްގެންދާ މި ކޯސްތަކުގައި ޖުމްލަ 6 ދަރިވަރުން ބައިވެރިވެފައި ވެއެވެ. ކެޕްޓަން ވިދާޅުވީ، މި ޕްރޮގްރާމްތަކުގެ ޕްރެކްޓިކަލްތައްވެސް ކޮންމެ ހަފުތާއަކު 1 ދުވަހު ވިލިނގިލީގައި ހުންނަ އެމްއެންޔޫ ސަވައިވަލް ސެންޓަރުގައި  ކުރިޔަށްގެންދާނެކަމަށެވެ.

ސީއެމްއެސްއިން އިއްޔެ ވަނީ ސެޓިފިކެޓް-4 އިން މެރިން އޮޕަރޭޝަންސް ކޯހުގެ ކިޔެވުންވެސް ފަށާފަ އެވެ. އެއް އަހަރު ދުވަހުގެ މުއްދަތަކަށް ކުރިޔަށްގެންދާ މި ކޯހުގައި 6 ދަރިވަރުން ބައިވެރިވެފައި ވެއެވެ. މި ކޯހަކީީ އާގު ބޯޓުފަހަރުގެ ނެވިގޭޝަން އޮފިސަރުންނަށް ވުމަށްޓަކައި ފުރިހަމަކުރަންޖެހޭ ކޯހެކެވެ. އޭގެ އިތުރުން މިއީ، އާގު ބޯޓުގެ ކެޕްޓަނަކަށްވާން ބޭނުންވާ ދަރިވަރުން ކިޔަވަން ޖެހޭ އެންމެ ފުރަތަމަ މަރުހަލާގެ ކޯސްވެސް މެއެވެ.

ސީއެމްއެސްއިން މި މަހު ފެށި އިތުރު ކޯހަކީ، އާގު ބޯޓް ފަހަރުގައި ވަޒިފާ އަދާކުރަމުންދާ ކެޕްޓަނުންނާއި، ނެވިގޭޝަން އޮފިސަރުންނާއި، މެރިން އިންޖިނިއަރުންގެ ރިފްރެޝަރ ކޯހެކެވެ.60 ގަޑީއިރަށް ކުރިޔަށްގެންދާ މި ރިފްރެޝަރ ޕްރޮގްރާމްގައި 18 ދަރިވަރުން ކިޔަވަމުން ދެއެވެ.

”މި ބޭފުޅުން ކޮންމެ 5 އަހަރަކުން އެބަ ހަދަންޖެހޭ ރިފްރެޝަރ ޕްރޮގްރާމެއް. އެއީ ކޮންމެ 5 އަހަރަކުން އެ ބޭފުޅުންގެ ސެޓިފިކެޓްތައް އާކުރަން އެބަޖެހޭ އެސްޓީސީޑަބްލިއު ގަވާއިދު ބުނާގޮތުން.“ ކެޕްޓަން މުހައްމަދު ޒާހިދު ވިދާޅުވި އެވެ.

ސީއެމްއެސްއިން މިއަހަރުގެ ކުރިޔަށް އޮތް ތާނގައިވެސް އިތުރު ޕްރޮގްރާމްތަކާއި ކޯސްތައް ހިންގުމަށް ރާވާފައި ވެއެވެ. ސީއެމްއެސްގެ ކޯސްތަކަކީ އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން(އައިއެމްއޯ)ގެ މޮޑެލް ކޯސްތަކާ އެއްގޮތަށް ބެންޗްމާކްކޮށް ކުރިޔަށް ގެންދާ ކޯސްތަކެކެވެ. އަދި އެއީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އިން އެޕްރޫވް ކޮށްފައިވާ ކޯސްތަކެކެވެ.

ސީއެމްސީ ގާއިމުކޮށްފައިވަނީ ދިވެހި ރާއްޖެއިން އެސްޓީސީޑަބްލިއު މުއާހަދާ 1987 ގައި ތަސްދީގްކުރުމާއި ގުޅިގެންނެވެ. އޭގެ ކުރިން އެތަން ހިންގަމުން ދިޔައީ މެރިޓައިމް ޓްރެއިންގ ސެންޓަރުގެ ނަމުގައެވެ.

މިލިޔުމާއި ގުޅޭ