back to top
32 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

1997 އަށްފަހު ޖެނުއަރީ މަހެއްގައި މިފްކޯއަށް އެންމެ ގިނައިން މަސް ކިރީ މިއަހަރު

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އަށް މިިދިޔަ 28 އަހަރު މަސް ގަނެފައިވާ ގޮތަށް ބަލާއިރު، ޖެނުއަރީ މަހެއްގައި އެންމެ ގިނަ އަދަދަކަށް މަސް ގަނެފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފި އެވެ.

ފިޝަރީޒް މިނިސްޓްރީގެ ރަސްމީ ޓްވިޓަރގައި އާންމުކޮށްފައިވާ ޕޯސްޓަރެއްގައި ބުނެފައިވަނީ، 1997 ވަނަ އަހަރުން ފެށިގެން ޖެނުއަރީ މަހެއްގައި އެންމެ ގިނައިން މިފްކޯއަށް މަސް ކިރުވާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުކަމަށާއި، އެ މަހު 8،324 މެޓްރިކް ޓަނުގެ މަސް މިފްކޯއަށް ކިރުވާފައިވާކަމަށެވެ. އެހެންނަމަވެސް 1997 ޖެނުއަރީގައި ކިރުވާފައިވަނީ ކިހާ އަދަދެއްގެ މަހެއްކަމެއް ބުނެފައެއް ނުވެއެވެ.

މިިދިޔަ އަހަރު މަސްވެރިކަން ދަށްވުމާއި، މަސްވެރިކަމުގެ ސިނާއަތުގައި ކުރިމަތިވި ތަފާތު އެކި މައްސަލަތަކާހުރެ މަހަށް ނިކުންނަ އޮޑިތައް މަދުވެ މަސްކިރާ މިންވަރު ދަށްވެ، މަސް އެކްސްޕޯޓްވެސް މިދިޔަ އަހަރު ވަނީ ބޮޑުތަނުން ދަށަށް ގޮސްފަ އެވެ. އެހެންނަމަވެސް، މިއަހަރު ފެށުނުއިރު މަސްވެރިކަން ރަނގަޅުވެ އަދި ގަންނަ މަހަށް މިފްކޯއިން ބަރާބަރަށް ފައިސާ ދައްކަން ފެށުމާއެކު، ގިނަ އޮޑިތައް ވަނީ މަހަށް ނިކުންނަން ފަށާފަ އެވެ. މިފްކޯއަށް މަސްކިރާ ނިސްބަތް މިއަހަރު އިތުރުވެފައިވަނީ މި ސަބަބާހުރެއެވެ.

މިލިޔުމާއި ގުޅޭ