back to top
30.9 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

މުދާ އުފުލާ ބޯޓެއް މާވައްދޫ ފަރަށް އަރައިފި

މުދާ އުފުލާ ބޯޓެއް ނ. މާވައްދޫ ފަރަށް އަރައިފި އެވެ.

ވަރުވާއަށް ދޫކޮށްފައިވާ ފަޅު ރަށެއްކަމަށްވާ ނ. މާވައްދޫ ފަރަށް އަރާފައިވަނީ ފުވައްމުލައް ސިޓީއަށް ނިސްބަތްވާ ވީނަސް ބޯޓެވެ. ވީނަސް ބޯޓަކީ 100 ފޫޓްގެ މުދާ އުފުލާ އުޅަނދެކެވެ.

ހިލައާއި، ހިލަވެލި އަދި ސިމެންތި ބަރުކޮށްގެން، މާލެއިން ފުރައިގެން ހއ އަތޮޅަށް ދަތުރުކުރަމުންދިޔަ އެ ބޯޓްގައި 13 ފަޅުވެރިން ތިބި ކަމަށާއި އެއިން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް(އެމްއެންޑިއެފް)އިން ބުންޏެވެ.

 

އެމްއެންޑިއެފްއިން ބުނިގޮތުގައި، ވީނަސް ބޯޓް ފަރަށްއެރިކަމުގެ ރިޕޯޓް މެރިން ރެސްކިއު ކޯޑިނޭޝަން ސެންޓަރ(އެމްއާރްސީސީ)އަށް ލިބިފައިވަނީ ރޭ ދަންވަރު 03:59 ގައެވެ.

މިލިޔުމާއި ގުޅޭ