back to top
30.9 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ރާއްޖެ ސަރަހައްދަށް ވަންނަ ބޭރުގެ ގޮތްނޭނގޭ އުޅަނދުފަހަރަށް ނޭރުމަށް އިލްތިމާސެއް!

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅޭ ގޮތްނޭންގޭ އުޅަނދުފަހަރަށް ނޭރުމަށާއި، އެފަދަ އުޅަނދެއް ފެނިއްޖެނަމަ ކަމާގުޅޭ އިދާރާތަކަށް ރިޕޯޓްކުރުމަށް ބާރަށު ކައުންސިލުން އިލްތިމާސްކޮށްފި އެވެ.

އެކައުންސިލުން އިއްޔެ އާންމުކުރި އިއުލާނެއްގައި ބުނެފައިވަނީ، މިހާރަކަށް އައިސް ދިވެހިރާއްޖޭގެ ސަރަހައްދަށް ވަދެއުޅޭ ބޭރުގެ ގޮތްނޭނގޭ އުޅަނދުފަހަރަށް ރާއްޖޭގެ މަސްވެރިންގެ އުޅަނދުފަހަރުން އަރާ އެފަދަ އުޅަނދުތައް ހިފަހައްޓަމުން ގެންދާކަމަށެވެ. އަދި، އެފަދަ ގޮތްނޭނގޭ އުޅަނދުފަހަރުގައި ނުރައްކާތެރި ކުށްވެރިން މަދުންނަމަވެސް ތިބޭކަން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ފާހަގަކުރައްވާފައިވާ ކަމަށް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވާރކްސް އިން އަންގާފައިވާކަމަށް ބުނެފައި ވެއެެވެ.

ކައުންސިލުން ބުނީ،، އެފަދަ އުޅަނދުފަހަރު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފެނިއްޖެނަމަ އެފަދަ އުޅަނދުފަހަރަށް އެރުމުގެ ބަދަލުގައި ލަސްނުކޮށް ކޯސްޓްގާޑަށް (ފޯން ނަންބަރު 3395981) ނުވަތަ ކޯސްޓްގާޑުގެ ހޮޓްލައިން 191 އަށް ނުވަތަ ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކަށް އެކަމާގުޅޭ މަޢުލޫމާތު ހިއްސާކުރުމަށް އަތޮޅު ކައުންސިލުން އަންގާފައިވާކަމަށެވެ. އެހެންކަމުން މަސްވެރިންނާއި ދަތުރުފަތުރު ކުރައްވާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް ބާރަށު ކައުންސިލުން އެދިފައި ވެއެވެ.

މިލިޔުމާއި ގުޅޭ