back to top
32 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

މީދޫ ރައްޔިތުންގެ ފަރާތުން ފިޝަރީޒް މިނިސްޓްރީއަށް ބޮނޑިބަތް ފަރިވަޅެއް!

ދ. މީދޫ ސަރަހައްދުގައި ވަދު ކަނދުފައްޗެއް އެޅުމާއި ގުޅިގެން އެކަން ފާހަގަކޮށް ޝުކުރު ދެންނެވުމުގެ ގޮތުން ދ. މީދޫގެ ރައްޔިތުން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއަށް ބޮނޑިބަތް ފަރިވަޅެއް އަރުވައިފި އެވެ.

ރައްޔިތުންފެ ފަރާތުން މިފަރިވަޅު އެރުވީ، ވެރިކަންކުރާ ޕާޓީ ޕީއެންސީގެ މީދޫ ދާއިރާގެ ރައީސްއެވެ. އަދި ފަރިވަޅާ ހަވާލުވެވަޑައިގެންނެވީ މިނިސްޓަރު އަހްމަދު ޝިޔާމް އެވެ. ފަރިވަޅު އެރުވުމަށް މިއަދު ބޭއްވި ހަފްލާގައި މިނިސްޓްރީގެ އިސްވެރިން ބައިވެރިވަޑައިގެންނެވި އެވެ.

ދ. މީދޫ އަށް ޚާއްސަ ވަދު ކަނދުފައްޗެއް އެރަށުގެ އިރުން 5.5 މޭލު ބޭރުގައި އަޅާފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. ވަދު ކަނދުފަތި ނަންބަރަކީ، K09V02 ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީގެ ޓީމުން މިހާރުވަނީ އަނެއްކާވެސް ކަނދުފަތި އެޅުމުގެ އާބުރެއް ފަށާފައެވެ. އެގޮތުން މިދިޔަ ބުދަދުވަހު ކ. ގާފަރު ކައިރީގައި ވަދު ކަނދުފައްޗެއް އަޅާފައިވާއިރު، އިއްޔެ ވަނީ ލ. ފަރެސް ކައިރީ ދޮށީ ކަނދުފައްޗެއް އަޅާފަ އެވެ.

މިލިޔުމާއި ގުޅޭ