back to top
32 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ސީވިޝަން އެޕްލިކޭޝަންގެ އޮޕަރޭޓަރުންތަކެއް ތަމްރީންކޮށްފި

”ސީވިޝަން އެޕްލިކޭޝަން“ ގެ އޮޕަރޭޓަރުން ތަމްރީނުކުރާ ކޯހެއް ރާއްޖޭގައި ހިންގައިފި އެވެ.

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާއި ޔުނައިޓެޑް ސްޓޭޓްސް އޮފީސް އޮފް ޑިފެންސް ކޯޕަރޭޝަން (އޯޑީސީ) ގުޅިގެން މި މަހުގެ 19 އިން 23 އަށް ކުރިއަށް ގެންދިޔަ މި ތަމްރީނު ކޯހުގައި އެމްއެންޑީއެފް އާއި މޯލްޑިވްސް ކަސްޓަމް ސަރވިސްގެ މުވައްޒަފުން ބައިވެރިވެފައިވާއިރު، ޖުމްލަ 21 ބައިވެރިޔަކު ކޯސް ފުރިހަމަކޮށްފައިވާކަމަށް އެމްއެންޑިއެފް އިން ބުނެފައި ވެއެވެ.

މި ތަމްރީނު ކޯހަކީ، ސީވިޝަން އެޕްލިކޭޝަން ފައިދާހުރި ގޮތެއްގައި ބޭނުންކުރުމަށް، ކޮންމެހެން ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމުގެ ގޮތުން ހިންގި ތަމްރީނު ކޯހެކެވެ. އެގޮތުން ސީވިޝަން އެޕްލިކޭޝަން ބޭނުންކުރާނެ ގޮތާއި، އެ ޓޫލް ބޭނުންކޮށްގެން މެރިޓައިމް ޓްރެފިކް މޮނިޓަރ ކުރާނެގޮތާއި އުޅަނދުތަކުގެ މަޢުލޫމާތުތައް ދެނެގަންނާނެ ގޮތްތައް މި ތަމްރީނުގައި ބައިވެރިންނަށް ދަސްކޮށްދީފައިވެއެވެ. އަދި އުޅަނދުތަކުގެ ޝައްކުކުރެވޭ ހަރަކާތްތައް ދެނެގަންނާނެ ގޮތާއި، ސީވިޝަންގެ އެކި ޓޫލްސްތައް ބޭނުން ކޮށްގެން އުޅަނދުފަހަރުގެ މައުލޫމާތު ހޯދާނެ ގޮތް ވެސް ދަސްކޮށްދީފައިވާކަމަށް އެމްއެންޑީއެފްއިން ބުނެފައި ވެއެވެ.

މިި ކޯސް ނިންމުމުގެ ގޮތުން އިއްޔެ ބަންޑާރަކޮށީގެ އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓިފިކެޓް ހަވާލުކޮށްދެއްވީ، ކޯސްޓްގާޑްގެ ޓްރެއިނިންގ ޑިވެލޮޕްމެންޓް އެންޑް ރިސަރޗް ޑިޕާޓްމަންޓްގެ ޑައިރެކްޓަރ، ލެފްޓިނެންޓް ކާނަލް އަންވަރު ޒާހިރެވެ.

އެމެރިކާއާއި ދިވެހިރާއްޖެއާއި ދެމެދު އޮންނަ ޑިފެންސް ކޯޕަރޭޝަންގެ ތެރެއިން ސީވިޝަންގެ ތަޖުރިބާކާރު އިންސްޓްރަކްޓަރުންގެ އެހީގައި މީގެކުރިންވެސް ތަމްރީންތައް ކުރިޔަށް ގެންގޮސްފައިވެއެވެ. އެގޮތުން މިދިޔަ އަހަރުގެ ފެބްރުއަރީމަހު، ސީވިޝަން އެގެޒެކެޓިވް ޓްރެއިނިންގއެއްވެސް ކުރިޔަށް ގެންގޮސްފައި ވެއެވެ. އެ ތަމްރީނުގައި، ސީވިޝަން އެޕްލިކޭޝަން ފައިދާހުރި ގޮތެއްގައި ބޭނުންކުރުމަށް، ކޮންމެހެން ބޭނުންވާ ހުނަރުތައް އޮޕަރޭޝަނަލް ކޮމާންޑަރުންނާއި އެގްޒެކެޓިވް ލެވެލްގައި މަސައްކަތްކުރާ އޮފިސަރުންނަށް ފޯރުކޮށްދިނެެވެ. އެމްއެންޑީއެފުން ބުނީ، އެ ތަމްރީނުގެ އެހީގައި ސީވިޝަން އެޕްލިކޭޝަން ބޭނުންކޮށްގެން މެރިޓައިމް ޑޮމެއިންގައި ހިނގާ އިންސިޑެންޓްތަކާއި، ލިބޭ މަޢުލޫމާތުގެ އެހީގައި އަޅަންވީ ފިޔަވަޅުތައް ދެނެގަތުމަށާއި، ނިންމުންތައް ނިންމުމަށް ފަސޭހަތަކެއް ލިބި، އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ރިކުއަރމަންޓަށް ބޭނުންވާ ގިނަ ކަންކަމަށް ފަސޭހަވެގެންދާނެކަމަށެވެ.

މިލިޔުމާއި ގުޅޭ