back to top
31 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ކަނދުފަތި ތައްޔާރުކުރުމުގެ މަސައްކަތްތައް ކުރިޔަށްދާގޮތް އެފްއޯއޭގެ ޓީމުން ބަލައިފި

މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން(އެފްއޭއޯ) ގެ ފަންނީ ޓީމުން ބައްލަވާލައްވައިފި އެވެ.

ރާއްޖޭގައި އޮއިވާލި ކަނދުފަތި ތައްޔާރުކުރުމުގެ މަސައްކަތް ކުރިޔަށްގެންދަނީ ހުޅުމާލޭގައި އެކަމަށް ޚާއްސަކޮށް ތައްޔާރުކޮށްފައިވާ ސެންޓަރެއްގަ އެވެ. މިނިސްޓްރީން މިހާރު ބޭނުންކުރާ އޮއިވާލި ކަނދުފަތީގެ ޑިޒައިން އިތުރަށް ތަރައްޤީކުރުމަށް އެފް.އޭ.އޯ އާއި ގުޅިގެން މިނިސްޓްރީން ވަނީ ޕްރޮގްރާމެއް ފަށާފަ އެވެ.  އެޕްރޮގްރާމްގެ ދަށުން، ރާއްޖޭގައި މިވަގުތު ބޭނުންކުރާ ކަނދުފަތިތަކުގެ ޑިޒައިންއަށް ބަދަލު ގެނައުމަށް ވަނީ އެއްބަސްވެފައެވެ.

މި މަސައްކަތުގެ ދަށުން، އެފްއޭއޯގެ ޓެކްނިކަލް ބޭފުޅުން އިއްޔެ ވަނީ ހުޅުމާލެ ކަނދުފަތި ޤާއިމްކުރާ ސެންޓަރަށް ޒިޔާރަތްކޮށް މަސައްކަތް ކުރިޔަށްދާގޮތް ބައްލަވާލައްވާފަ އެވެ. އަދި، ކަނދުފަތި ތައްޔާރު ކުރުމަށް ބޭނުންކުރާ ސާމާނާއި ކަނދުފަތި ތައްޔާރު ކުރެވެމުންދާގޮތުގެ މަޢުލޫމާތުވެސް އެ ޓީމުން ހޯދާފައިވާކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

އެފްއޭއޯގެ ޓީމުން ރާއްޖެއަށް ކުރި މި ދަތުރަކީ، ރާއްޖޭގައި މިހާރު ބޭނުންކުރަމުންދާ ކަނދުފަތީގެ ޑިޒައިނަށް ބަދަލުގެނައުމަށް މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ ޚިޔާލު ހޯދުމަށް ފިޝަރީޒް މިނިސްޓްރީން އިންތިޒާމުކޮށްގެން މިމަހުގެ 20 ވަނަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި ބައިވެރިވުމަށެވެ.

މިވަގުތު ކަނދުފަތި އުފައްދާ އެންމެ ސެންޓަރެއް ހުރުމާއެކު ކަނދުފަތި ގާއިމުކުރުމަށް ގޮންޖެހުންތަކާއި ވަނީ ކުރިމަތިލާންޖެހިފަ އެވެ. މިކަމަށް ހަލެއް ގެނައުމުގެ ގޮތުން، ރާއްޖޭގެ އުތުރާއި ދެކުނުގައި ކަނދުފަތި ސެންޓަރު ގާއިމުކުރުމުގެ މަސައްކަތް ފަށާފއިވާކަން ފިޝަރީޒް މިނިސްޓްރީން ވަނީ އިއުލާނުކޮށްފަ އެވެ. އުތުރުގެ ސެންޓަރު ށ. ފުނަދޫގައި ގާއިމުކުރާއިރު، ދެކުނުގެ ކަނދުފަތި ގާއިމުކުރުމަށް ނިންމާފައިވަނީ ގދ. ވާދޫގައެވެ.

މިލިޔުމާއި ގުޅޭ