back to top
31 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ގައްދޫ އައިސް ޕްލާންޓް އޮޕަރޭޝަނަށް ގެެނެސްފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އިން ގދ ގައްދޫގައި ހިންގަމުން އަންނަ އައިސް ޕްލާންޓް މަރާމާތުކޮށް އޮޕަރޭޝަނަށް ގެނެސްފި އެވެ.

ގައްދޫ އައިސް ޕްލާންޓްގެ ޚިދުމަތް މެދުކެނޑުނީ އެ ޕްލާންޓްގެ ކޮންޑެންސަރ ޕަމްޕަށްް ދިމާވި މައްސަލައަކާ ގުޅިގެންނެވެ.

މިފްކޯގެ ޖެނެރަލް މޭނޭޖަރ އޮގް ޓެކްނިކަލް އެންޑް ޕްރޮޖެކްޓްސް މުއާޒް އަލީ ވިދާޅުވީ ގައްދޫ އައިސް ޕްލާންޓަށް ދިމާވި ޓެކްނިކަލް މައްސަލަ ހައް؛ލުކޮށް މިހާރު އޮޕަރޭޝަނަށް ގެނެސްފައިވާކަމަށެވެ.

”ގައްދޫ އައިސް ޕްލާންޓްގެ ޓެކްނިކަލް މައްސަލައަށް ދިމާވި މިހާރު ވަނީ ހައްލުކޮށްފަ، އައިސް އުފެއްދުން ކާމިޔާބުކަމާއެކު ފެށިފައިވާއިރު، އޮޕަރޭޝަންތައް ވެސް ކުރިއަށްދަނީ އޮމާންކަމާއެކުގަ،“ މުއާޒް ވިދާޅުވި އެވެ.

ގައްދޫ އައިސް ޕްލާންޓަށް ދިމާވި މައްސަލައާއި ގުޅިގެން އެތަނުގެ އޮޕަރޭޝަން މެދުކެނޑުނު ދުވަސްވަރު ގައްދޫ މަސްވެރިން އައިސް އަޅަމުން ދިޔައީ، ފަރެސް މާތޮޑާ އަދި ތިނަދޫ އައިސް ޕްލާންޓުންނެވެ.

ގައްދޫ އައިސް ޕްލާންޓަކީް ދުވާލެއްގެ މައްޗަށް 50 ޓަނުގެ ފްލޭކްސް އުފެއްދޭ އައިސް ޕްލާންޓެކެވެ. އައިސް ޕްލާންޓް އޮޕަރޭޝަނަށް ގެނައުމުން ގައްދޫއާއި، އެ ސަރަހައްދުގައި މަސްވެރިކަމުގައި ހަރަކާތްތެރިވާ ހުވަދު އަތޮޅާއި އެހެނިހެން އަތޮޅުތަކުގެ އޮޑިފަހަރަށް ލުއި ފަސޭހަކަމާއެކު އައިސް ލިބުމުގެ ފުރުސަތު މިހާރު ވަނީ ފަހިވެފައެވެ.

މިލިޔުމާއި ގުޅޭ