back to top
30.9 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

މޯލްޑިވްސް މެރިން އެކްސްޕޯ މިއަދު ހަވީރު ފަށަނީ

މެރިން ސިނާއަތުގެ އުފެއްދުންތަކާއި ހިދުމަތްތައް ދައްކާލުމަށް ބާއްވަމުން އަންނަ މޯލްޑިވްސް މެރިން އެކްސްޕޯ މިއަދު ހަވީރު 04:00 ގައި ފަށާނެއެވެ.

ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް(އެމްބީއޭއެމް)ގެ މައި ހަރަކާތް، މޯލްޑިވްސް މެރިން އެކްސްޕޯގެ 10 ވަނަ އެޑިޝަން މިއަދު ހަވީރު 04:00 ޖަހާއިރު ހުޅުވާއިރު، މިމަހުގެ 9 ގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިޔަށްދާނެއެވެ. މި މުއްދަތުގައި، ކޮންމެ ދުވަހަކުވެސް ހަވީރު 04:00 އިން 10:00 ޖެހުމާ ހަމަޔަށް ހުޅުވާފައި ހުންނާނެއެވެ. މީޑިއަމް އިވެންޓްސްއިން އިންތިޒާމްކުރާ މި އެކްސްޕޯ ފެށުމަށް މިހާރު ވަނީ ފުރިހަމަޔަށް ތައްޔާރުވެފަ އެވެ.

ރާއްޖޭގެ މެރިން ސިނާއަތް ޕްރޮމޯޓްކޮށް ކުރިއެރުވުމުގެ މަގްސަދުގައި 2014 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި ހަރަކާތުގައި، ކަނޑުގެ އުޅަނދުފަހަރު ބަންނަ ކުންފުނިތަކާއި، މެރިން އިންޑަސްޓްރީގެ ޚިދުމަތްތަކަށް މާލީ އަދި އިންޝުއަރެންސްގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކާއި، ކަނޑުގެ އުޅަނދުފަހަރަށާއި މަސްވެރިކަމަށް ބޭނުންވާ އާލާތްތަކުގެ ވިޔަފާރިތަކާއި، މެރިން ސަޕްލަޔަރުން ބައިވެރިވެއެވެ. އެގޮތުން، މި އަހަރުގެ އެކްސްޕޯގައި އަލިއަޅުވާލާނީ ދޯނިފަހަރާއި ދޯނި ބަނުމާއި، ކަނޑުގެ ސްޕެއާ ޕާޓްސް، މެޝިނަރީ، މަސްވެރިކަމުގެ ސާމާނު، ޑައިވިންގ އަދި ވޯޓަރސްޕޯޓްސް ސާމާނު އަދި ކަނޑުގެ ކަންކަމާ ގުޅުންހުރި އެހެނިހެން ހިދުމަތްތަކަށް ކަމަށް މީޑިއަމް އިވެންޓްސްއިން ބުނެފައި ވެއެވެ.

މޯލްޑިވްސް މެރިން އެކްސްޕޯ 2025 ގެ ތެރެއިން ސިނާއަތުގެ ލީޑަރުންނާއި، ސްޓޭކްހޯލްޑަރުން އެއްތަނަކުން ދިމާވެ، ޚިޔާލު ބަދަލުކުރެވި، ޕާޓްނަޝިޕްތައް އިތުރުކުރުމަށް ފުރުސަތު ލިބި، މެރިން ސިނާއަތުގެ ކުރިއެރުމަށް ބާރުލިބޭ ގިނަ ކަންތައްތަކެއް ފަހިވެގެންދާނެއެވެ.

މިއަހަރުގެ އެކްސްޕޯގެ މައި ސްޕޮންސަރަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އެވެ.

މިލިޔުމާއި ގުޅޭ