back to top
32 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ކޫއްޑޫ އައިސް ޕްލާންޓް ހުއްޓުނީ ކަރަންޓް މައްސަލައެއް ދިމާވެގެން: މިފްކޯ

ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް(ކޭއެފްސީ) އައިސް ޕްލާންޓްގެ ޚިދުމަތް މެދުކެނޑިފައިވަނީ ކަރަންޓް މައްސަލައެއް ދިމާވެގެން ކަމަށް، އެތަން ހިންގަމުން އަންނަ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ)އިން ބުނެފި އެވެ.

މިފްކޯއިން ބުނީ، އައިސް ޕްލާންޓުގެ ކަރަންޓު މައްސަލައެއް ދިމާވެފައިވަތީ ޖަނަރޭޓަރު ޓެސްޓުކޮށް މައްސަލަ ހޯދައި އެކަން ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި ކަރަންޓް މައްސަލަ ހައްލުކޮށް ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ހިދުމަތް ދިނުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާކަމަށް މިފްކޯއިން ބުންޏެވެ.

މިފްކޯގެ އައިސް ޕްލާންޓް މައްސަލަ ޖެހި އައިސް ނުލިބޭތީ މަސްވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ކޫއްޑޫއިން އައިސް ނުލިބޭ ތާނގައި، ހުވަދު އަތޮޅުގައި ހުރި 11 އައިސް ޕްލާންޓްގެ ތެރެއިން މިވަގުތު އައިސް ލިބެނީ ފަރެސް މާތޮޑާ އައިސް ޕްލާންޓުން އެކަންޏެވެ. މިކަމާވެސް މަސްވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މަސްވެރިން ބުނީ، އިރުވައި މޫސުމާ ދިމާކޮށް މަސްވެރިކަން ރަނގަޅުވެފައިވާއިރު، މަސްވެރިކަން އެންމެ ރަނގަޅު ހުވަދު އަތޮޅުގައި އައިސް ލިބުމުގެ އުދަނގޫ އޮތުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ. އަދި މިކަމަކީ ސަރުކާރާއި، ފިޝަރީޒް މިނިސްޓްރީއާއި މިފްކޯއިން ވަރަށް ޚާއްސަ އިސްކަމެއް ދީގެން އަވަސް ހައްލެއް ގެންނަން ޖެހިފައިވާ މައްސައެއް ކަމަށް މަސްވެރިން ބުންޏެވެ.

މިފްކޯއިން ބުނީ ގައްދޫ އަދި ތިނަދޫ އައިސް ޕްލާންޓުގެ މައްސަލަ ދެނެގަނެ އެކަން ހައްލުކުރުމަށްވެސް މިފްކޯގެ އިންޖިނިއަރުން ހަރަކާތްތެރިވަމުން އަންނަކަމަށެވެ.

މިލިޔުމާއި ގުޅޭ