back to top
28.6 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ފިޝަރީޒް މިނިސްޓަރު ދިއްގަރު ކައުންސިލާ ބައްދަލު ކުރައްވައިފި

ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން މިނިސްޓްރީން ބުނެފައިވަނީ،  އެ ބައްދަލުވުމުގައި މިނިސްޓަރު ޝިޔާމް ދިއްގަރު ކައުންސިލް މެންބަރުންނާއެކު މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންދެވިކަމަށެވެ. އެގޮތުން، މ. ދިއްގަރުގައި ޤާއިމުކުރުމަށް ރާވާފައިވާ ގޭދޮށު މަސްފެކްޓަރީގެ މަޝްރޫއާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ތަފްޞީލުކޮށް ހިއްސާކުރެއްވިކަމަށެވެ.

ފިޝަރީޒް މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމުގައި މިނިސްޓަރުވަނީ، މަސްވެރިކަމުގެ ދާއިރާގައި ޒުވާނުންގެ ބައިވެރިވުން މަދުކަން ފާހަގަކުރެވޭތީ، ޒުވާނުންނަށް އަމާޒުކޮށްގެން މިއަހަރު ހިންގުމަށް ރާވާފައިވާ ތަމްރީނު ޕްރޮގްރާމްތަކުގެ މަޢުލޫމާތު ހިއްސާކުރައްވާފަ އެވެ. އަދި މަސްވެރިކަމުގެ ދާއިރާގައި ހުރި އެހެނިހެން ގޮންޖެހުންތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައި އެ ކަންކަން ޙައްލުކުރުމަށް އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަން މިނިސްޓަރު ފާހަގަކުރައްވާފައި ވެއެވެ.

މިލިޔުމާއި ގުޅޭ