back to top
32 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

މޫސުން ގޯސްވެ ބައެއް އަތޮޅުތައް އަދިވެސް ރީނދޫ ސަމާލުގައި!

މޫސުން ގޯސްވެ އިތުރު އަތޮޅުތަކަށް މޫސުމީ ރީނދޫ ސަމާލު މޫސުމާ ބެހޭ ގައުމީ އިދާރާ(މެޓް) އިން ނެރެފި އެވެ.

މެޓް އޮފީހުން މިއަދު ހެނދުނު 10:15 އިން ހަވީރު 04:00އާ ހަމަޔަށް ހުދު ސަމާލު ނެރުނީ، ނ އަތޮޅުން ފެށިގެން ލ އަތޮޅާ ހަމަޔަށެވެ. އެ އަތޮޅުތަކަށް، ބޯކޮށް ވާރޭވެހި ގުގުރައި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް ހުދު ސަމާލު ނެރެނުނަމަވެސް، އޭގެ ފަހުން 11:30 ގައި ރ އަތޮޅުން ފެށިގެން ތ އަތޮޅާ ހަމަޔަށް ރީނދޫ ސަމާލު ނެރުނެވެ.

އަނެއްކާވެސް، ދެންމެ މެޓް އޮފީހުން ވަނީ، ހއ އިން ފެށިގެން ވ އަތޮޅާ ހަމަޔަށް މިރޭ 07:30 އާ ހަމަޔަށް ރީނދޫ ސަމާލު ނެރެފައެވެ. ސަމާލުގެ ވަގުތުގައި އެ އަތޮޅުތަކަށް، ބޯކޮށް ވާރޭވެހި ގުގުރައި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް މެޓް އޮފީހުން ލަފާކޮށްފައި ވެއެވެ.

މެޓް އޮފީހުން ބުނެފައިވަނީ، މިރޭވެސް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެން ވާކަމަށެވެ. އަދި، އިރާއި އިރުއުތުރާއި އިރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް މެޓް އޮފީހުން ބުނެފައި ވެއެވެ.

މެޓް އޮފީހުން ލާފާކުރާގޮތުގައި ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ އެވެ. ރާޅު ނަގާނެކަމަށް ލަފާކޮށްފައިވަނީ، 4 – 7 ފޫޓުގެ އިސްމިނުގަ އެވެ. އަދި ބައެއް ސަރަހައްދުތަކަށް އުދަ އަރާނެކަމަށްވެސް ލަފާކޮށްފައި ވެއެވެ.

މޫސުން ގޯސްވެފައިވާތީ، ހުރިހައި ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މިލިޔުމާއި ގުޅޭ