back to top
31 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ރޯދައަށް ގޭބިސީތަކަށް ދޭނީ 48 ދަޅުގެ ތެޔޮ މަސް ކޭހެއް: މިފްކޯ

އަންނަ ރަމަޟާންމަހު ކޮންމެ ގޭ ބިސީއަަކަށް ދޭން ނިންމާފައިވަނީ ތެޔޮ މަސްދަޅު ކޭހެއް ކަމަށް ސަރުކާރުގެ މަސްކުންފުނި(މިފްކޯ) އިން ބުނެފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ކޮންމެ ގެބިސީއަކަށް މަސްދަޅު ކޭހެއް ދޭން ވަމުންދާ ތައްޔާރީތައް ”ކެޔޮޅާ“ އާ ހިއްސާކުރައްވަމުން، މިފްކޯގެ ޕީއާރް އެންޑް މީޑިއާ ޔުނިޓްގެ ޑެޕިއުޓީ މޭނޭޖަރު އިބްރާހިމް ސައީދު(ކޭޑް) ވިދާޅުވީ، ކޮންމެ ރަމަޟާން މަހަކަށް ގާތްގަނޑަކަށް ލައްކައަކާ ގާތްކުރާ އަދަދަކަށް އެކުންފުނިން މަސްދަޅު އުފައްދާކަމަށާއި، ރައީސްގެ ވައުދާއި ގުޅިގެން ލޯކަލް ބާޒާރަށް އިތުރަށް މަސްދަޅު ބޭނުންވާނެ ކަމަށް ބެލެވޭކަމަށެވެ.

”މިއީ، ރައީސްގެ ވައުދުފުޅާ އެސްޓީއޯއިން މިފްކޯއާއެކު ކުރިއަށް ގެންދާ އޯޑަރެއް. ކޮންމެ ގޭބިސީއަކަށް ދެނީ 48 ދަޅުގެ ތެޔޮ މަސް ކޭހެއް.ޑިސްޓްރިބިއުޓް ކުރާނީ އެސްޓީއޯ އިން“  ކޭޑް ވިދާޅުވި އެވެ.

މިފްކޯގެ ފަސްމީރު ބްރޭންޑްގެ ތެލުގައި ރައްކާކޮށްފައި ހުންނަ މަސްދަޅެއް މިވަގުުތު ބާޒާރުގައި ވިއްކަމުންދަނީ 16 ރުފިޔާއަށެވެ. އައަގަށް ބަލާނަމަ، ކޮންމެ ގޭބިސީއަކަށް މަސްދަޅެއް ހަދިޔާކުރަން63 މިލިއަނާ ގާތްކުރާ އަދަދަކަށް ޚަރަދުދާނެކަމަށް ބެލެވެއެވެ.

މި ދުވަސްވަރު މަސްވެރިކަން ރަނގަޅުވެފައިވާއިރު، މަސްވެރިން މިފްކޯއަށް ކިރާ މަހުގެ އަދަދުވެސްވަނީ ނިސްބަތުން އިތުރުވެފަ އެވެ. އެހެންކަމުން ގޭބިސީތަކަށް ދޭ މަސްދަޅު ތައްޔާރުކުރެވޭ މިންވަރަށް މިފްކޯއަށް މަސް ލިބޭނެކަމަށްް ބެލެވެއެވެ.

އަންނަ ރަމަޟާންމަހު ކޮންމެ ގޭބިސީއަކަށް ސަރުކާރުގެ ހަރަދުގައި، މަސްދަޅު ކޭހެއް ދޭން ނިންމާފައިވާކަން ރައީސް ޑރ. މުއިއްޒު އިއުލާނުކުރެއްވީ ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސަރުކާރުން ވަނީ މިދިޔަ ރޯދަ މަހު ކޮންމެ ގޭބިސީއަކަށް ހަނޑޫ އަދި ފުށް ބަސްތާއެއް ހަދިޔާ ކުރުމުގެ އިތުރުން ފެން ބިލާއި ކަރަންޓް ބިލަށް ޑިސްކައުންޓް ދީފައި ވެއެވެ. މިއަހަރުވެސް ކަރަންޓާއި ފެންބިލުން ޑިސްކައުންޓް ދެއްވާނެކަމަށް ރައީސް މީގެކުރިން ވިދާޅުވެފައި ވެއެވެ.

މިލިޔުމާއި ގުޅޭ