back to top
29.2 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

މިފްކޯގެ އިސްވެރިންނާއެކު ރައީސް މަޝްވަރާ ބައްދަލުވުމެއް ބާއްވަވައިފި

ސަރުކާރުގެ މަސް ކުންފުނި(މިފްކޯ) ގެ އިސް މަސްއޫލުވެރިންނާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްދަލުވުމެއް ބާއްވަވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނާގޮތުގައި، ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް(ކޭއެފްސީީ) ގައި މިއަދު ބޭއްވެވި މި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރެއްވީ،
މަސްވެރިން އަތުން މިފްކޯއިން ގަންނަމަހަށް، 48 ގަޑިއިރުގެ ތެރޭގައި ފައިސާ ލިބޭތޯ ޔަގީންކުރުމާއި، ޑީސަލްގެ އަގު ހެޔޮކުރުމާއި، ޖުމްލަކޮށް މިފްކޯގެ ހިންގުން ހަރުދަނާކުރުމާއި ގޫޅޭގޮތުންނެވެ. މި ބައްދަލުވުމަށްފަހު ރައީސް ވަނީ، ކޫއްޑޫ ތަރައްގީކުރުމަށް ކުރިޔަށްގެންދާ މަޝްރޫއުގެ މަސައްކަތްތައް ހިނގާގޮތް ބައްލަވާލައްވާ މައުލޫމާތު އޮޅުން ފިލުއްވާފަ އެވެ.

ރައީސް ކޫއްޑޫގައި އަޅާފައި އޮތް އޮޑިއެއްގެ މަސްވެރިންނާ ބައްދަލުކުރުން/ ފޮޓޯ: ރައީށް އޮފީސް

ރައީސްވަނީ ކޫއްޑޫއަށް މަސްކިރަންވަދެތިބި އޮޑިފަހަރަށް ޒިޔާރަތްކޮށް، އޮޑީގައި ތިބި މަސްވެރިންނާއި ބައްދަލުކުރެއްވި އެވެ. އެ ބައްދަލުކުރެއްވުމުގައި، މިފްކޯއިން ގަންނަ މަހަށް 48 ގަޑީއިރުގެތެރޭގައި ފައިސާ ދޫކުރަމުން ދާތީ އެކަމުން މަސްވެރިންގެ ދިރިއުޅުމަށް ކުރާ ހެޔޮ އަސަރު ފާހަގަކޮށްފައި ވެއެވެ. އަދި، 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމަށް ސަރުކާރުންވި ވައުދު ފުއްދާފައިވާތީ މަސްވެރިން އެކަމާ ހިތްހަމަޖެހުން ފާޅުކޮށްފައި ވެއެވެ.

މިލިޔުމާއި ގުޅޭ