back to top
32 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

އޮޑި ދޯނިފަހަރު ބަނުމަށް ސްލިޕްވޭއެއް ހަދަން ހޯނޑެއްދޫން ބިމެއް ދޫކުރަނީ

ގދ. ހޯނޑެއްދޫގައި ސްލިޕްވޭއެއް ހެދުމަށް ކަނޑައަޅާފައިވާ ބިމަށް ބިޑް ހުށަހެޅުމުގެ ފުރުސަތު އެރަށު ކައުންސިލުން އަނެއްކާވެސް ހުޅުވާލައިފި އެވެ.

އޮޑި ދޯނިފަހަރު ބަނުމުގެ މަސައްކަތާއި، އޮޑި ދޯނިފަހަރު އެހެލައި، ބޭލުމާއި، މަރާމާތުކުރުމުގެ މަސައްކަތް ކުރުމަށް ބޭނުންވާ ސްލިޕްވޭ އެޅުމަށް ކަނޑައަޅާފައިވާ ބިން ބިޑް އުސޫލުން ކުއްޔަށް ދިނުމަށް މީގެ ކުރިންވެސް ކައުންސިލުން އިއުލާނުކޮށްފައި ވެއެވެ. އެހެންނަމަވެސް، އިއްޔެ އަލުން ބިޑަށް ހުޅުވާލީ ކުރިން ކުރި އިއުލާނުގެ މުއްދަތު ހަމަވީއިރު، އެއްވެސް ފަރާތަކުން ބިމަށް އެދި ބިޑް ހުށަހަޅާފައި ނުވާތީކަމަށް ކައުންސިލުން ބުންޏެވެ.

ކައުންސިލުން ބުނީ، ބިން ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކުން 2025 ޖަނަވަރީ 20 ވަނަ ދުވަހުގެ 13:30 އަށް ބިޑު ހުށަހެޅުމަށް އެދޭކަމަށެވެ. ބިޑު ހުށަހެޅުމަށް އެދޭ ފޯމް ޖަނަވަރީ 19 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ރަސްމީ ގަޑީގައި ކައުންސިލްގެ އިދާރާގެ ކައުންޓަރުން ގަންނަން ލިބޭނެކަމަށާއި،  ފޯމެއްގެ އަގަކީ -/3000ރ (ތިންހާސް ރުފިޔާ) ކަމަށް ކައުންސިލުން ބުންޏެވެ.

ކައުންސިލުން ބުނީ، އޮންލައިކޮށް ފައިސާ ދައްކައިގެންވެސް ފޯމް ގަނެވޭނެކަމަށާއި، އޮންލައިންކޮށް ފައިސާ ދައްކާ ފަރާތްތަކުން ފައިސާ ދެއްކުމަށްފަހު ކައުންސިލްގެ އީމެއިލް [email protected] އަށް ފައިސާދެއްކި ސްލިޕް ފޮނުވުމުން މެއިލް މެދުވެރިކޮށް ފޯމް ފޮނުވައިދޭނެކަމަށެވެ. އަދި، ބިން ކުއްޔަށް ނަގާފަރާތަށް ބޭނުންވާ އެންމެހައި މަޢުލޫމާތު ބިޑްފޯމް އާއިއެކު ބިޑް ފޯމް ގަންނަ ފަރާތްތަކަށް ލިބޭނެކަމަށް ކައުންސިލުން ބުނެފައި ވެއެވެ.

ހޯނޑެއްދޫ ކައުންސިލުން ސްލިޕްވޭ ހެދުމަށް ދޫކުރަނީ 100000 އަކަފޫޓްގެ ބިމެކެވެ. އެ ބިމުގެ އިން ކަނޑައަޅާފައިވަނީ އެއްގަމުން ބިމާއި، އަދި މޫދުގެ ބައެއްވެސް ހިމެނޭގޮތަށެވެ. ބިން ދޫކުރަނީ 30 އަހަރުގެ މުއްދަތަކަށެވެ. އަދި ކުއްޔާއި ނުހިނގާގޮތަށް އެއް އަހަރު ދުވަހުގެ ގްރޭސް ޕީރިއެޑެއް ކުއްޔަށް ހިފާ ފަރާތައް ހަމަޖައްސައިދޭނެކަމަށް ކައުންސިލުން ބުނެފައި ވެއެވެ.

އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށާއި، އަމިއްލަ ކުންފުނިތަކަށާއި، ކޯޕަރޭޓިވްސްތަކަށް ބިމަށް އެދި ހުށަހެޅޭނެއެވެ.

މިލިޔުމާއި ގުޅޭ