ވައިގަދަވާނެކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް މުސުމާ ބެހޭ ގައުމީ އިދާރާ(މެޓް) އިން ހުދު ސަމާލު ނެރެފި އެވެ.
މެޓް އޮފީހުން މެންދުރުފަހު 02:45 ގައި، ހއ އިން ފެށިގެން ކ އަތޮޅާ ހަމަޔަށް ހުދު ސަމާލު ނެރެފައިވަނީ ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށްނެވެ. އަދި ވިލާގަނޑުގައި އެ އަތޮޅުތަކަށް ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށްވެސް ލަފާކޮށްފައި ވެއެވެ. ސަމާލު ނެރެފައިވަނީ، މިރޭ 08:00 އާ ހަމައަށެވެ.
މާދަމާ ހެދުނު 10:00 އާ ހަމަޔަށް މޫސުން ކުރިޔަށް ލަފާކޮށް މެޓް އޮފީހުން ބުނެފައިވަނީ، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. ވައިޖެހޭނެކަމަށް ލަފާކޮށްފައިވަނީ، އުތުރާއި އިރުއުތުރުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އެހެންނަމަވެސް، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށް ބުނެފައި ވެއެވެ.
މެޓް އޮފީހުން ބުނީ، ވިއްސާރަވީ ނަމަވެސް، ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށެވެ. އަދި، ރާޅުގެ އުސްމިން ހުންނާނީ 2- 5 ފޫޓުގައިކަމަށް ލަފާކޮށްފައި ވެއެވެ.
މޫސުން ގޯސްވެފައިވާތީ ހުރިހައި ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފައި ވެއެވެ.