back to top
32 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

48 ގަޑީއިރުގެ ޕެއިމެންޓް ޕްލޭނާ އެއްގޮތަށް ބަންދު ދުވަސްތަކުގަވެސް މަސްވެރިންނަށް ފައިސާ ދޫކުރާނަން: މިފްކޯ

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްްޕްލެކްސް(މިފްކޯ) އަށް މަސްވެރިން ވިއްކާ މަހަށްވާ ފައިސާ، 48 ގަޑީއިރުގެ ތެރޭގައި ދެއްކުމުގެ ޕްލޭންގެ ދަށުން މެދުކެނޑުމެއްނެތި، ބަންދު ދުވަސްތަކުގައިވެސް ފައިސާ ދޫކުރާނެކަމަށް އެކުންފުނިން ބުނެފި އެވެ.

މިފްކޯއިން، މިހެން ބުނެފައި މިވަނީ ހަފުތާ ބަންދަކީ، ބޭންކްގެ ބަންދު ދުވަސްތަކަކަށްވެފައި އަދި ހުކުރު ދުވަހަކީ މިފްކޯގެވެސް ރަސްމީ މަސައްކަތު ބަންދު ދުވަހަކަށްވާތީ، އެ ދުވަސްތަކުގައިވެސް، މެދުކެނޑުމެއްނެތި ފައިސާ ދޫކުރާނެކަމުގެ ޔަގީންކަން މަސްވެރިންނަށް ދިނުމުގެ ގޮތުންނެވެ.

މަސްވެރިން މިފްކޯއަށް މަސް ކިރާތާ މަދުވެގެން 48 ގަޑީއިރުގެ ތެރޭގައި އެމަހަށްވާ ފައިސާ ދޫކުރުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މި ސަރުކާރުން އެ ވައުދު ފުއްދުމަށް ކުރި މަސައްކަތުގެ ދަށުން މަސްވެރިންނަށް ”48 ގަޑީއިރުގެ ތެރޭގައި ފައިސާ ދެއްކުމުގެ ޕްލޭން“ އެއް އެކުލަވާލާ އެއަށް އަމަލު ކުރަން ފެށީ މިއަަހަރުގެ މަސްވެރިންގެ ދުވަސް ކަމަށްވާ ޑިސެންބަރުމަހުގެ 10 ވަނަ ދުވަހު އެވެ.

އެ ޕްލޭން ތަންފީޒް ކުރަން ފެށިފަހުން 48 ގަޑީއިރުގެ ތެރޭގައި ފައިސާ ދޫނުކުރެވުނީ ދެ ދުވަހެއްގަ އެވެ. އެއީ މިހަހުގެ 11 އަދި 12 ވަނަ ދުވަހުގެ ފައިސާ އެވެ. ޖެހިގެން އައި ދެދުވަހަކީ ހަފުތާ ބަންދު ދެ ދުވަސްކަމުން، އެ ދެދުވަހުގެ ފައިސާ ދައްކާފައިވަނީ މި މަހުގެ 15 ވަނަ ދުވަހު އެވެ. އެ ފަހަރު ހަފުތާ ބަންދުގައި ފައިސާ ދޫނުކުރެވުނީ  އެއީ، ބޭންކް ބަންދު ދުވަސްތަކަކަށްވެފައި، ކުރިޔާލާ އެކަމަށް ސަމާލުކަން ދެވިފައި ނުވާތީ ނުވަތަ އެކަމަށް ތައްޔާރުވެވިފައި ނުވާތީ ކަމަށް ބެލެވިދާނެއެވެ.

އެދެ ދުވަސް ފިޔަވައި މިހާތަނަށް ހުރިހައި ދުވަހެއްގެ ފައިސާވެސް ވަނީ 48 ގަޑީއިރުގެ ތެރޭގައި ދޫކޮށްފަ އެވެ. މީގެ ތެރޭގައި މިދިޔަ ހަފުތާ ބަންދުވެސް ހިމެނެއެވެ. މިފްކޯއިން މިއަދު ބުނީ މާދަމައަކީ ހުކުރު ދުވަސް ނަމަވެސް ޕްލޭނާ އެއްގޮތަށް އިއްޔެގެ ފައިސާ މާދަމާ ދޫކުރާނެކަމަށެވެ. އަދި 48 ގަޑީއިރުގެ ޕެއިމެންޓް ޕްލޭން ދެމެއްހެއްޓުމަށާއި، ބަންދު ދުވަސްތަކުގައިވެސް މެދުކެނޑުމެއް ނެތި ފައިސާ ދޫކުރުމަށް މިފްކޯއިން މަސައްކަތްކުރާނެކަމަށެވެ.

ޑިސެންބަރުމަހުގެ 10 ވަނަ ދުވަހުން ފެށިގެން މިމަހުގެ 24 އާ ހަމަޔަށް މަސްވެރިން މިފްކޯގެ ފެސިލިޓީތަކަށް ވިއްކާފައިވަނީ 1،785 މެޓްރިކް ޓަނުގެ މަހެވެ. އެއީ 19،622،717(ނަވާރަ މިލިއަން ހަލައްކަ ބާވީސް ހާސް ހަތްސަތޭކަ ސަތާރަ) ރުފިޔާގެ މަހެވެ. މަސްވެރިން މިފްކޯއާއެކު ކުރި ވިޔަފާރީގެ މުއާމަލާތްތަތަކަށް ވާ 4،249،991(ހަތަރު މިލިއަން ދެލައްކަ ސާޅިސް ނުވަހާސް ނުވަސަތޭކެ ނުވަދިހަ އެކެއް) ރުފިޔާ ބިލުން އުނިކުރުމަށްފަހު މަސްވެރިންނަށް ދޫކޮށްފައިވަނީ ޖުމްލަ 15،372،726(ފަނަރަ މިލިއަން ތިންލައްކަ ހަތްދިހަ ދެހާސް ހަތްސަތޭކެ ސައްބީސް) ރުފިޔާ އެވެ.

މިލިޔުމާއި ގުޅޭ