މޯލްޑިވްސް މެރިޓައިމް އިންސްޓިޓިއުޓް(އެމްޓީއައި) އިން ”ނިޔަމިކަމުގެ ކޯސް-2“ ގެ އާ ބެޗެއް މާލޭގައި ފަށައިފި އެވެ.
އެމްޓީއައިގެ މާލޭ ކޭމްޕަހުގައި މިއަދު ފެށި މި ކޯހަށް 12 ފަރާތަކުން ރަޖިސްޓްރީކޮށްފައިވާއިރު، މިއަދުގެ ސެޝަންތަކުގައި 8 ފަރާތަކުން ބައިވެރިވި އެވެ. ހަތަރު ދުވަހުގެ މުއްދަތަކަށް(30 ގަޑީއިރު)ގެ މުއްދަތަކަށް ކުރިޔަށްގެންދަން ނިންމާފައިވާ މިކޯހުގައި ނެވިގޭޝަން، ކޮމިއުނިކޭޝަން، އަދި އާންމު ދޯނިތަކުގެ މައުލާމާތު ހިމެނޭ ބައިތައް އުނގަންނައިދިނުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީއައި އިން ބުންޏެެވެ.
”ނިޔަމިކަމުގެ ކޯސް-2“ އަކީ، ރާއްޖޭގެ އަތޮޅުތަކުގެ ބޭރުން 24 މޭލާ ހަމަޔަށް ދަތުރުކުރެވޭ ކެޓެގަރީ-B ގެ އުޅަނދުތަކުގެ ކެޕްޓަންުކަން ކުރުމަށް ބޭނުންވާ ލައިސަންސް ހޯދުމަށް މަގުފަހިކޮށްދޭ ކޯހެކެވެ.
މެރިޓައިމް ޓްރޭނިން އިންސްޓިޓިއުޓް (އެމްޓީއައި) އަކީ ރާއްޖޭގެ މެރިޓައިމް އިންޑަސްޓްރީގައި މިހާރު އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ޓްރެއިނިން އިންސްޓިޓިއުޓެވެ. އެ އިންސްޓިޓިއުޓުން މެރިޓައިމް ދާއިރާ ތަރައްގީކުރުމަށް ބޭނުންވާ ގިނަ ކޯސްތަކެއް ހިންގަމުންދެއެވެ.
އެމްޓީއައި އިން، ހިންގަމުން އަންނަ އެސްޓްރަލް މެރިންއިންވެސް ދަނީ މެރިޓައިމް ދާއިރާއާ ގުޅުން ހުރި ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދެމުންނެވެ. އޭގެތެރޭގައި، ދޯނި އަދި ސަފާރީގެ ރަޖިސްޓްރީކުރުމާއި އާކޮށްދިނުން، ދޯނި އަދި ސަފާރީގެ އުޅަނދުގެ އިންޝުއަރެންސް ކޮށްދީ ކްލެއިމްކޮށްދިނުން، އޮޑިފަހަރުގެ ސަލާމަތީ ލިޔުން އާކުރުމާއި މުޅިން އަލަށް ހައްދައިދިނުން، އަދި އޮޑި ދުއްވުމުގެ ލައިސަންސް އާކޮށްދިނުމުގެ އިތުރުުން އަލަށް ލައިސަންސް ހަދަން ބޭނުންވާ ފަރާތްތަކައް ލައިސަންސް ހަދައިދިނުމުގެ ޚިދުމަތްވެސް ވިޔަފާރި އުސޫލުން ކޮށްދެއެވެ.