back to top
32 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ސަމާލު: އުތުރުގެ އަތޮޅުތަކަށް މިއަދު ވިއްސާރަ

ވިއްސާރަވާނެކަމަށް ލަފާކޮށާް އުތުރުގެ 6 އަތޮޅުތަކަށް އަނެއްކާވެސް ހުދު ސަމާލު ނެރެފި އެވެ.

ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކޮށް ހއ އިން ފެށިހެން ބ އަތޮޅާ ހަމަޔަށް، އެންމެ ފުރަތަމަ ހުދު ސަމާލު ނެރުނީ، މިއަދު ހެނދުނު06:45 ގަ އެވެ. އެ ސަމާލުގެ ވަގުތު ހަވަމީ، 11:30 ގައެވެ.

މެޓް އޮފީހުން އަނެއްކާވެސް 12:00 ގައި ވަނީ ހުދު ސަމާލު ނެރެފަ އެވެ. އެންމެ އުތުރުގެ 6 އަތޮޅަށް ހުދު ސަމާލުނެރެފައިވަނީ ހަވީރު 05:00 އާ ހަމަޔަށެވެ. އެ ސަމާލުގައިވެސް ބުނެފައިވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކުރެވޭކަމަށެވެ.

ކުރިޔަށްއޮތް 24 ގަޑީއިރަށް މޫސުން ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ، ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރިނަމަވެސް، މޫސުން އާންމު ގޮތެއްގައި ރަަނގަޅު ވާނެކަމަށެވެ. އަދި، ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި، އާދައިގެ ވަރަކަށް ގަދަވާނެކަމަށް މެޓް އޮފީހުން ބުނެފައި ވެއެވެ. ރާޅުނަގާނެކަމަށް ލަފާކޮށްފައިވަނީ، 3 – 5 ފޫޓު އުސްމިނުގަ އެވެ.

މިލިޔުމާއި ގުޅޭ