back to top
28.7 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

މަސްވެރިންގެ ގުންޒަރު ފަށައިފި

މަސްވެރިންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ސަރުކާރުން ކުރިޔަށްގެންދާ ”މަސްވެރިންގެ ގުންޒަރު“ ގެ ދެވަނަ ފޯރަމް މިއަދު ފަށައިފި އެވެ.

މިހަރުގެ ބައްދަލުވުން އިންތިޒާމު ކުރަނީ ފިޝަރީޒް މިނިސްޓްރީ އާއި ސަރުކާރުގެ މަސްކުންފުނި، މިފްކޯ ގުޅިގެންނެވެ. 2 ދުވަހުގެ މުއްދަތަކަށް ކުރިޔަށްގެންދާ މި ފޯރަމްގައި 22 އަތޮޅުތަކުން 43 މަސްވެރިންނާއި، މަސް ޕްރޮސެސްކުރާ 8 ކުންފުންޏަކުން ބައިވެރިވެފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައި ވެއެވެ.

މި އަހަރުގެ ގުންޒަރުގައި މަސްވެރި ސިނާއަތުގައި ހުރި ގޮންޖެހުންތައް ޙައްލު ކުރުމަށާއި، މި ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ކުރަމުންގެންދާ އަދި ކުރިއަށް ރޭވިފައިވާ އެކި ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެވިގެންދާނެކަމަށް މިނިސްޓްރީން ބުންޏެވެ. އެގޮތުން، މިއަދުގެ ފުރަތަމަ ސެޝަންގައި، މަސްވެރިންގެ ކަންބޮޑުވުންތަކާއި މަސްވެރިކަމުގެ ސިނާޢަތުގައި ހުރި ގޮންޖެހުންތައް ޙައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާމެދު މަޝްވަރާކޮށްފައިވާއިރު، މަސްވެރިންނާއި ގުންޒަރުގެ އެހެން ބައިވެރިންގެ ސުވާލުތަކަށް ޖަބާދު ދެއްވުމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް، މިފްކޯގެ ޗީފް ފައިނޭންޝަލް އޮފިސަރ އިލްޔާސް ހަނީފް، މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މަރކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޒަރީރު، މޯލްޑިވްސް ސީފުޑް ޕްރޮސެސަރސް އެންޑް އެކްސްޕޯޓަރސް އެސޯސިއޭޝަންގެ ފަރާތުން އާސިފް އަބްދުﷲ އަދި ފިޝަރީޒް މިނިސްޓްރީގެ ޑައިރެކްޓަރ ޖެނެރަލް ޑރ. ހުސެއިން ސިނާން ޕެނަލްގައި ބައިވެރިވެ ވަޑައިގެންނެވި އެވެ.

މަސްވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކުރުމަށާއި، މިހާރަށްވުރެ ފުޅާކުރުމަށް މަސްވެރިންނާ ބައްދަލުކުރައްވައި، މަސްވެރީން ބޭނުންވާގޮތަށް ކަންކަން ނިންމެވުމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދަނީ މަސައްކަތްޕުޅު ކުރައްވަމުންނެވެ. މިގޮތުން، މިއަހަރުގެ ތެރޭގައި އެމަނިކުފާނު ވަނީ ކެޔޮޅުންނާއި، މަސްވެރިންނާއި، އަދި މަސްވެރީންގެ ބައެއް ޖަމްއިއްޔާތަކާވެސް ބައްދަލުކުރައްވާ އެބޭފުޅުން ބޭނުންވާ ކަންކަން ބައްލަވައި އެކަންކަމާގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.

މިލިޔުމާއި ގުޅޭ