back to top
33 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

މިފްކޯގެ މެނޭޖްމެންޓަށާއި، މުވައްޒަފުންނަށް އެކްޓިންގ ސީއީއޯގެ ޝުކުރު!

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) ހިންގުމާ ވަގުތީ ގޮތުން މިއަދާ ހަމަޔަށް ހަވާލުވެވަޑައިގެން ހުންނެވި، އެކުންފުނީގެ ޗީފް ފައިނޭންޝިއަލް އޮފިސަރު(ސީއެފްއޯ) އިލްޔާސް ހަނީފް، އެކުންފުނީގެ މެނޭޖްމެންޓަށާއި، މުވައްޒަފުންނަށް، ޝުކުރު އަދާކުރައްވައިފި އެވެ.

މިފްކޯގެ ސީއީއޯއަކު ނެތި މިިދިޔަ ހަތް މަސްދުވަސްތެރޭގައި ކުންފުނި ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި، އެކްޓިންގ ސީއީއޯ އިލްޔާސް ހަނީފް މިއަދު ފޮނުއްވެވި މެސެޖެއްގައި ވިދާޅުވެފައިވަނީ، މިފްކޯ ގެ ސީއީއޯ ގެ މަގާމުގައި ބޭފުޅަކު ނެތި ވޭތިވެދިޔަ އަހަރު ދިޔަ މުއްދަތުތަކުގައި ކުންފުނި ހިންގުމުގައި ދިމާވި ގޮންޖެހުންތައް ހައްލުކޮށް ކުންފުނި ހިންގުމުގައި މެނޭޖުމަންޓު ޓީމާއި މިފްކޯގެ ހީވާގި މުވައްޒަފުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ނިހާޔަތަށް ޝުކުރު ދަންނަވަމެވެ. އަދި، ކުންފުންޏަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަންނަން ބުރަ މަސައްކަތްތަކެއް ކުރަންޖެހިފައިވާއިރު، ކުންފުނީގެ މުސްތަގުބަލު ބައްޓަންކުރުމުގައި ކުންފުނީގެ ހީވާގީ މުވައްޒަފުންގެ އެއްބާރުލުމާއިއެކު، އިތުރު ކުރިއެރުންތައް ހޯދޭނޭ ކަމާއިމެދު ޝައްކެއް ނުކުރައްވާކަމަށް މެސެޖުގައި ވިދާޅުވެފައި ވެއެވެ. އަދި، އާ ސީއީއޯ އަށް އެއްބާރުލުން ދިނުމަށް އެދިވަޑައިގެންފައި ވެއެވެ.

”ކުންފުނީގެ ކުރިމަގަށް ރާވާފައިވާ ކަންކަން ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި، ޑރ. ވިތާލީ ލިއުބިމޯފް އަށާއި މެނޭޖުމަންޓު ޓީމަށް ހުރިހާ މުވައްޒަފުންގެ
އެއްބާރުލުން ދެއްވުން އެދެން.“ ހަނީފްގެ މެސެޖުގައި ވެއެވެ.

މިފްކޯގެ ސީއީއޯ އަކަށް އައްޔަން ކުރައްވާފައިވަނީ، މެނޭޖްމެންޓް ދާއިރާއިން، ވަކިން ޚާއްސަކޮށް ކްރައިސިސް އަދި ރިސްކް މެނޭޖްމެންޓް ދާއިރާއިން ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވާ ޔޫކްރެއިންގެ ރައްޔިތެއްކަމަށްވާ ޑރ. ވިތާލީ ލުބިމޯފް އެވެ. ޚަބަރު ލިބޭގޮތުގައި އަލަށް އައްޔަންކުރެއްވި ސީއީއޯ މިއަދު ރާއްޖެ ވަޑައިގެން ރަސްމީކޮށް މަގާމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގަންނަވާނެއެވެ. މިއީ މިފްކޯގެ ތާރީޚުގައި ބޭރުގެ ބޭފުޅަކު މިފްކޯގެ ސީއީއޯއަކަށް އައްޔަނުކުރެއްވި ފުރަތަމަ ފަހަރެވެ.

މިފްކޯގެ ސީއީއޯގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވާފައިމިވަނީ، ކުރިން އެމަގާމުގައި ހުންނެވި އަހްމަދު ޝަމާހް ރަޝީދު ސީއީއޯގެ މަގާމުންނާއި މިފްކޯގެ ބޯޑު ޑިރެކްޓަރު ކަމުގެ މަގާމުން ވަކިކުރެއްވިތާ ހަމަހަށް ވުރެ ގިނަ ދުވަސްވީ ފަހުންނެވެ. ޝަމާހް މަގާމުން ވަކިކުރެއްވީ، މިއަހަރުގެ މެއި މަހުގެ 21 ވަނަ ދުވަހު އެވެ. މިއަދާ ހަމަޔަށް އެކުންފުނި ހިންގަމުން އައިސްފައިވަނީ، އެ ކުންފުނީގެ ޗީފް ފައިނޭންޝިއަލް އޮފިސަރުގެ މަގާމުގައި ހުންނެވި އިލްޔާސް ހަނީފްގެ ބެލުމުގެ ދަށުންނެވެ.

މިލިޔުމާއި ގުޅޭ