back to top
28.5 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

މަރުވެފައި އޮތް މީހަކު ހުޅުމާލެ ފަޅުތެރެއިން ފެނިއްޖެ

މަރުވެފައި އޮތް މީހަކު ހުޅުމާލެ ފަޅުތެރެއިން ފެނިފައިވާކަަމަށް ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.

ފުލުހުން ބުނިގޮތުގައި، މިއަދު ހަވީރު އެމީހާ ފެނުނީ ހުޅުމާލެ ފަޔަރ ސްޓޭޝަން ދިމާ ފަޅުތެރެއިންނެވެ. އޭނާ ނަގައިގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައި ވެއެވެ.

މަރުވެފައިވަ އޮއްވާ ފެނުނީ ފިރިހެއްނެއް ކަމަށް ފުލުހުން ބުނި ނަމަވެސް، އެއީ ދިވެއްސެއްކަމެއް ނުވަތަ ބޭރު މީހެއްކަމެއް ހާމަކޮށްފައެއް ނުވެއެވެ.

އަޕްޑޭޓް:(3.10.2024)
މަރުވެފައި އޮއްވާ ފެނިފައިވަނީ، އުމުރުން 36 އަހަރުގެ އިބްރާހިމް ޖިނާހް މުހައްމަދު(މ.މަޑުއްވަރީ، ކޮކޮނަޓް ވިލާ) ކަމަށާއި ތަހްގީގަށް ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހަށިގަނޑު އާއިލާއާ ހަވާލުކޮށްފައިވާކަމަށް ފުލުހުން ބުނެފައި ވެއެވެ.

މިލިޔުމާއި ގުޅޭ