back to top
32 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ބާރަށް ވައިޖެހި ކަނޑު ގަދަވާނެކަމަށް ލަފާކޮށް ހެނދުނު ނެރުނު ހުދު ސަމާލު މިރެއަށް ދަންމާލައފި

ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް ހެނދުނު މުޅި ރާއްޖެއަށް ނެރުނު ސަމާލު މިރޭ 09:00 އާ ހަމަޔަށް ދަންމާލައިފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން މޫސުން ގޯސްވެ، އެންމެ ފުރަތަމަ މުޅި ރާއްޖެއަށް ހުދު ސަމާލު ނެރުނީ ހެނދުނު 10:00 ގައެވެ. ހުދު ސަމާލުގެ ވަގުތު މެންދުރު ފަހު 03:00 އަށް ހަމަވުމާއެކު، މިހާރު ވަނީ، އެސަމާލުގެ ވަގުތު 09:00 އާ ހަމަޔަށް ދަންމާލާފަ އެވެ.

މެޓް އޮފީހުން ބުނީ ސަމާލު ދަންމާލާފައިވާ ވަގުތުތަކުގައި، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށެވެ. އަދި، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ.

ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މިލިޔުމާއި ގުޅޭ