back to top
30 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ހެނބަދޫ ކައުންސިލުން މަސްރޭހެއް ބާއްވަނީ

މިއަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ނ.ހެނބަދޫ ކައުންސިލުން މަސްރޭހެއް ބާއްވަން ނިންމައިފި އެވެ.

ހެނބަދޫ ކައުންސިލުން ބުނީ މިއަހަރުވެސް މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް މަސް ރޭހެއް ބާއްވާގޮތަށް ނިންމީ، މަސްވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކުން އެ ކުރާ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް އެފަރާތްތަކަށް ހިތްވަރުދިނުމުގެ ގޮތުންނާއި، މަސްވެރިކަމުގެ ސިނާޢަތަށް ހެނބަދޫގެ އިތުރު ޒުވާނުން ހޭލުންތެރިކުރުވައި، ރަށުގެ މުޖުތަމަޢުގައި އެކަކު އަނެކަކަށް އޮންނަ ގުޅުން ބަދަހި ކުރުމުގެ މަޤުސަދުގައި ކަމަށެވެ.

ހެނބަދޫ މަސްރޭސް 2024″ ގެ ނަމުގައި ބާއްވާ މަސްރޭހެއް ބޭއްވުމަށް ހަމަޖެހިފައިވަނީ 07 ޑިސެމްބަރ 2024 ވާ ހޮނިހިރު ދުވަހުކަމަށް ހެނބަދޫ ކައުންސިލުން ބުންޏެވެ. އަދި،  މި މަސްރޭހުގައި ބައިވެރިވާން ބޭނުންވާ ޓީމުތަކުން 05 ޑިސެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00ގެ ކުރިން ނަންނޯޓް ކުރުމަށް ކައުސިލުން އެދިފައި ވެއެވެ.

ކައުންސިލުން ބުނީ، ނަންނޯޓް ކުރާއިރު ޓީމު ލިސްޓާއި، ޓީމުގެ ނަމާއި އަދި މަހަށް ފުރާ އުޅަނދުގެ ނަން ނޯޓުކުރަންވާނެކަމަށެވެ. އަދި، މަސްރޭހުގެ ޤަވާއިދު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެކަމަށްވެސް ކައުންސިލުން ބުންޏެވެ.

މި މަސްރޭހާއި ގުޅޭ އިތުރު މަޢުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން، ކައުންސިލްގެ އެގްޒެކިއުޓިވް އަލްފާޞިލް އަޙްމަދު ރަޝީދު، (ފޯން ނަންބަރ: 7531753) އަށް ގުޅާލުމުން މައުލޫމާތު ސާފުކޮށްދޭނެކަމަށް ކައުންސިލުން ބުނެފައިވެއެވެ.

ސަރުކާރުން މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެވެސް ޑިސެމްބަރުމަހުގެ 10ވަނަ ދުވަހެވެ. މިއަހަރު ފާހަގަކުރަނީ 44 ވަނަ މަސްވެރިންގެ ދުވަހެވެ. މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ އިހުތިފާލުތައް ބޭއްވުމަށް ނިންމާފައިވަނީ މާލެ ސިޓީގަ އެވެ.

މިލިޔުމާއި ގުޅޭ