back to top
32 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

މަސްވެރިކަމުގެ ބާވަތްތަކުން ތަކެތި އުފެއްދުމަށް ބޭނުންވާ ފަރާތްތަކަށް އޮމަދޫން ބިން ކުއްޔަށް ނެގުމުގެ ފުރުސަތު!

ތ. އޮމަދޫގައި، މަސްވެރިކަމުގެ ބާވަތްތަކުން ތަކެތި އުފެއްދުމަށް ބިން ބޭނުންވާ ފަރާތްތަކަށް ބިން ކުއްޔަށް ދޫކުރަން އަނެއްކާވެސް އެރަށު ކައުންސިލުން އިއުލާނުކޮށްފި އެވެ.

އެ ރަށު އަޙްމަދު ޢަބްދުﷲ ހިނގުމުގެ އިރު ދެކުނުން އަތިރީކައިރިން 4 ބިން ދޫކުރުމަށް އެންމެ ފުރަތަމަ ކައުންސިލުން އިއުލާނުކުރީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އެވެ. އެ ކައުންސިލުން މިއަދު ވަނީ ކުރިންކުރި އިއުލާނު ބާޠިލުކޮށް އަނެއްކާވެސް ބިން ކުއްޔަށް ނެގުމަށް ބޭނުންވާ ފަރާތްތަކަށް އަލުން ފުރުސަތު ހުޅުވާލާފަ އެވެ.

މިއަދު ނެރުނު އިއުލާނުގައި ބުނެފައިވަނީ، މަސްވެރިކަމުގެ ބާވަތްތަކުން ތަކެތި އުފެއްދުމަށް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ، 2000 އަކަފޫޓުގެ 4 ބިންކަމަށެވެ. އަދި ބިންތަކަށް ކުލީގެގޮތުގައި ނަގާނީ އަކަފޫޓަކަށް ތިރީސް ލާރީގެ ރޭޓުންކަމަށް ބުނެފައި ވެއެވެ. ބިން ލިބޭ ފަރާތްތަކާއެކު 2 އެގްރީމެންޓެއް ހެދުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ އެގްރީމެންޓްގެ މުދައްތަކީ 6 މަސްދުވަހެވެ. އަދި ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި ބިން ކުއްޔަށް ހިފާފަރާތުން ގަވައިދާ އެއްގޮތަށް މަސައްކަތް ފަށައިފިނަމަ އިތުރު 1 އަހަރަށް އެގްރީމެންޓްގެ މުއްދަތު އިތުރު ކުރެވޭނެކަމަށް ކައުންސިލުން ބުންޏެވެ. ކައުންސިލުންބުނީ ބިން ކުއްޔަށްދެވޭނެ އެންމެ ދިގުުމުއްދަތަކީ 3 އަހަރު ކަމަށެވެ.

ުއްޔަށް ދޫކުރަން ކަނޑައަޅާފައިވާ ބިން ދައްކުވައިދޭ ޗާޓް

މި ބިން ކުއްޔައް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކުން 3 ޑިސެމްބަރ 2024 ވާ އަންގާރަ ދުވަހު 10:30 ގެ ކުރިން ކައުންސިލް އިދާރާއަށް ގޮސްގެން ނުވަތަ އެ އިދާރާގެ އީމެއިލް info@thaaomadhoo.gov.mv އަށް ”ބިމަށް އެދޭ ފޯމް“ ހުށަހެޅުމަށް ކައުންސިލުން އެދިފައިވެއެވެ.

މިކަމާ ގުޅޭ މަޢުލޫމާތު ހޯދުމަށް 6780039 ނަމްބަރު ފޯނާއި ގުޅާލުމަށް ކައުންސިލުން އެދިފައި ވެއެވެ.

މިލިޔުމާއި ގުޅޭ