back to top
31 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ރަސްގެތީމު ކައުންސިލުން މަސްރޭހެއް ބާއްވަނީ

އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް މަސްރޭހެއް ބޭއްވުމަށް ނިންމާފައިވާކަމަށް މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމު ކައުންސިލުން ބުނެފި އެވެ.

އެ ކައުންސިލުން ބުނީ، މިއަހަރު މަސްރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 6 ވާ ހުކުރު ދުވަހުކަމަށެވެ. ކައުންސިލުން މިހާރުވަނީ މަސްރޭހުގައި ބައިވެރިވާން އެދޭ ފޯމާއި، މަސްރޭހުގެ ގަވާއިދު ދޫކުރަން ފަށާފަ އެވެ. މަސްރޭހުގައި ބައިވެރިވާ ޓީމްގައި ގިނަވަގެން ހިމެނެނީ 10 މެންބަރުންނެވެ. އަދި މަދުވެގެން 4 މެންބަރުންނެވެ،

ކައުންސިލުން ބުނީ، ރޭހުގައި ބައިވެރިވުމުގެ ފޯމާއި، ގަވާއިދު މިއަދުން މި މަހުގެ 28 ވަނަ ދުވަހުގެ 14:00 ހަމައަށް ބަންދު ނޫން ކޮންމެ ދުވަހެއްގައި ކައުންސިލް އިދާރާއިން ލިބެން ހުންނާނެ ކަމަށެވެ. އަދި، ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 28 ނޮވެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 14:00ކަމަށް ކައުންސިލުން ބުނެފައި ވެއެވެ.

މަސްރޭހުގައި ބައިވެރިވާ ޓީމްތަކަށް ފައިސާގެ އިނާމު ހުށަހަޅާފައި ވެއެވެ. މަސްރޭހުގައި ބައިވެރިވެ ވަނަ ހޯދާ ޓީމްތަކަށް ހުށަހެޅިފައިވާ އިނާމު:

  • 1 ވަނަ (އެންމެ ގިނަކިލޯ ކިރާ ޓީމު): 7000ރ
  • 2ވަނަ (2 ވަނައަށް އެންމެ ގިނަކިލޯ ކިރާ ޓީމު): 5000ރ
  • 3ވަނަ (3 ވަނައަށް އެންމެ ގިނަކިލޯ ކިރާ ޓީމު): 3000ރ

މީގެ އިތުރުން، އެންމެ ގިނަ މަސްބާނާ މީހަކަށް 700 ރުފިޔާގެ އިނާމަކާއެކު ޓްރޮފީ އަދި، އެންމެ ބަރު މަސްބާނާ މީހަކަށް 700 ރުފިޔާގެ އިނާމަކާއެކު ޓްރޮފީއެއް ދިނުމަށް ނިންމާފައިވާކަމަށް ކައުންސިލުން ބުނެފައި ވެއެވެ.

މަސްރޭހުގައި ބައިވެރިވާ ޓީމްތައް މަހަށް ފުރަން ހަމަޖެހިފައިވަނީ ރޭސް ބާއްވާ ދުވަހުގެ މެންދުރު 01:00 ގައެވެ. އަދި، އަނބުރާ ރަށަށް ލަފަން ޖެހެނީ ރޭގަނޑު 09:00 ގައެވެ. ކައުންސިލުން ބުނީ ރާއްޖޭގައި ބޭނުން މަނާކޮށްފައިވާ އެއްވެސް ބާވަތެއްގެ މަހެއް މުބާރާތުގައި ނުހިމަނާނެކަމަށެވެ. އަދި 6 އިންޗިއަށްވުރެ ކުދި މަސްވެސް ނުހިމަނާނެކަމަށެވެ.

މިލިޔުމާއި ގުޅޭ