ރ. އަނގޮޅިތީމު ބަނދަރު ސަރަޙައްދުގައި މަސްކަނޑާ އައްޓެއް ހަދާދޭނެ ފަރާތެއް ހޯދަން އެރަށު ކައުންސިލުން އިއުލާނުކޮށްފި އެވެ.
މި މަސައްކަތްކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަންނަ ހަފުތާގެ އަންގާރަ ދުވަހުން ފެށިގެން ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 ން 12:00 އާދެމެދު ކައުންސިލް އިދާރާގެ ކައުންޓަރުން ބީލަން ފޮތް ގަންނަން ލިބޭނެކަމަށް ކައުންސިލުން މިކަމާ ގުޅޭގޮތުން އާންމުކޮށްފައިވާ އިއުލާނުައި ބުނެފައި ވެއެވެ. ބީލަން ފޮތް ކައުންސިލުން ވިއްކަން ކަނޑައަޅާފައި ވަނީ، -/150 (ސަތޭކަ ފަންސާސް) ރުފިޔާއަށެވެ.
ކައުންސިލުން ބުނީ، މިމަހުގެ 18 ވާ ހޯމަ ދުވަހުގެ 13:15ގައި މިމަސައްކަތާބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވާނެކަމަށެވެ. އަދި، އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ މިމަހުގެ 25 ވާ ހޯމަ ދުވަހުގެ 13:15 ގައި ކަމަށްވެސް ކައުންސިލުން ބުނެފައި ވެއެވެ. މަޢުލޫމާތު ދިނުމާ އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ކައުންސިލްގެ އިދާރާގައެވެ.
މަސައްކަތް ހަވާލުކުރުމުގައި ކައުންސިލުން ބަލާ މިންގަނޑުތައް:
- އަގު (%80)
- މަސައްކަތުގެ މުއްދަތު (%15)
- ތަޖުރިބާ (%5)
މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށްކަމަށް ކައުންސިލުން ބުނެފައި ވެއެވެ.