back to top
31 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް އާޓް އެގްޒިބިޝަނެއް ބާއްވަނީ

މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ކުރިޔަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން އާޓް އެގްޒިބިޝަނެއް ބާއްވަން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން ނިންމައިފި އެވެ.

އާޓް ކޮމިއުނިޓީއާ ގުޅިގެން މިނިސްޓްރީން މި މައުރަޒު ބާއްވަން ނިންމާފައިވަނީ ޑިސެންބަރުމަހުގެ 12 އިން 16 ވަނަ ދުވަހުގެ ނިޔަލަށް މާލެ ސިޓީގައެވެ. މި އެކްޒިބިޝަން ކުރިޔަށްގެންދަން ނިންމާފައިވަނީ 16 އަަހަރުންމަތީގެ އެންމެހައި ފަރާތްތަކަށް އާންމުކޮށް ހުޅުވާލައިގެންނެވެ.

ދިވެހިރާއްޖޭގެ 44 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ މި އާޓް އެގްޒިބިޝަން އަށް އާޓްވޯކް ހުށަހެޅުމުގެ ފުރުސަތު އިއްޔެ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން ވަނީ ހުޅުވާލާފަ އެވެ. އެގޮތުން، މި އެގްޒިބިޝަނަށް އާޓްވޯކް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އެ ކަމާގުޅޭ ފޯމް ފުރިހަމަ ކުރުމަށް ފަހު 21 ނޮވެމްބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީއަށް ހުށަހެޅުމަށް މިނިސްޓްރީން އެދިފައި ވެއެވެ.

މިލިޔުމާއި ގުޅޭ