ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް ސްޓޭޓް މިނިސްޓަރ ޑރ. އަމްޒަތު އަހުމަދާއި ސްޓޭޓް މިނިސްޓަރ އާމިނަތު ޙުސައިން ޝަރީފް ނ އަތޮޅު ކައުންސިލާ ބައްދަލުކުރައްވައިފި އެވެ.
ނ. އަތޮޅު ކައުންސިލް އިދާރާގައި އިއްޔެ ބޭއްވި މި ބައްދަލުވުމުގައި ކައުންސިލްގެ އެކްޝަން.ޕްލޭނުގައި ވާ ކަންތައްތަކުގެ ތެރެއިން ފިޝަރީޒް މިނިސްޓްރީއާ ގުޅުން ހުރި ކަންކަމުގައި އެކުގައި މަސައްކަތް ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ. އަދި، އެ މިނިސްޓްރީން ކުރިއަށް ގެންދާ މަސްވެރިންގެ ގައުމީ ދަފުތަރުގެ މަސައްކަތާއި، އޮޑިފަހަރުގައި އާރުއެސްޑަބުލިއު އެޅުމުގެ މަސައްކަތުގައި އަތޮޅު ކައުންސިލުން އެއްބާރުލުން ދެވިދާނެ ގޮތްތަކާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރައްވާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ.