back to top
29 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

މިފްކޯއިން މަސްވެރިން އަތުން ދަރަންޏަށް ނެގި މަހަށްވާ ފައިސާ މާދަމާ ދޫކުރަނީ

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އިން މަސްވެރިން އަތުން ދަރަންޏަށް ނަގާފަ ހުރި މަހަށްވާ ފައިސާ މާދަމާ ދޫކުރާނެކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

މިހާރު ކުރިޔަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، މެންބަރަކު ހުށަހެޅުއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ، މިހާރު މަސްވެރިންގެ ބެކްލޮގްހައި ހުރި 16.2 މިލިއަން ރުފިޔާ މާދަމާ ދޫކުރެވޭނެކަމަށެވެ.

”ޢަޅުގަނޑު މިވާހަކަ ދައްކާއިރު ޔަގީނުންވެސް ފިނޭންސުން މިފްކޯއަށް މި ފައިސާ ޖަމާކުރުމުގެ މަސައްކަތް ދަނީ ކުރަމުން. އިރާދަކުރެއްވިއްޔާ މާދަމާ މަސްވެރިންނާ ހިސާބަށް މިހާރު ހުރި ބެކްލޮގް އެއްކޮށް ނޫނިއްޔާ މިހާރު މަސްވެރިންނަށް ނުދެވި އިން ފައިސާއެއް ވެއްޖިއްޔާ، މަސް ކިރާފައި މަސް ގަނެފައި ނުދެވިފައި އިން ފައިސާއެއް ވެއްޖިއްޔާ މާދަމާއާ ހަމަޔަށް ލިބިގެންދާނެ.“ މިނިސްޓަރު ޝިޔާމް ވިދާޅުވި އެވެ.

މިދިޔަމަހުގެ 28 އިން ފެށިގެން، މަސްވެރިން އަތުން މިފްކޯއިން ނެގި މަހަށް ފައިސާ ނުދޭތީ މަސްވެރިން ދަނީ އެކި މަންސަ ތަކުގައި ނުރުން ފާޅުކުރަމުންނެވެ. މަސް ކިރާ އަގު މިފްކޯއިން ދަށްކުރުމާއެކު މަސްވެރިންނަށް ދެ ހަފުތާއިން ދެހަފުތާއިން ފައިސާ ދޫކުރެވޭނެކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވި ނަމަވެސް، މިހާރު ފައިސާ ދެމުން ދަނީ މަހަކު އެއްފަހަރު އެވެ. އެންމެ ފަހުންވެސް މިފްކޯއިން މަސްވެރިންނަށް ފައިސާ ދޫކުރީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ. އެ ދުވަހު ފައިސާ ދޫކުރީ، އޯގަސްޓް 24 އިން ސެޕްޓެމްބަރު 26 ވަނަ ދުވަހުގެ ނިޔަލަށް މިފްކޯއިން ދަރަންޏަށް ނަގާފައިވާ މަހަށްވާ 17 މިލިއަން ރުފިޔާ އެވެ.

މިފްކޯއިން ފައިސާ ދިނުމުގައި ލަސްކުރާތީ ރާއްޖޭގެ ގިނަ މަސްވެރިން މަސް ކިރަމުންދަނީ ޕްރައިވެޓް ކުންފުނިތަކަށެވެ. މިފްކޯގެ ”ފިޝް ކެޗް ރިޕޯޓް“ ބަލާއިރު މަސްވެރިން މަސް މިފްކޯއަށް މަސް ވިއްކާ ނިސްބަތް ވަނީ މިއިން ޒާމާނެއްގައި ދަށަށް ނުދާ މިންވަރަށް ދަށަށް ގޮސްފަ އެވެ.

 

މިލިޔުމާއި ގުޅޭ