މިއަދު ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.
ކުރިޔަށް އޮތް 24 ގަޑީއިރަށް މޫސުން ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފައިވަނީ މިއަދުވެސް ބައެއް ރަށްތަކަށް ވިއްސާރަކޮށް ގުގުުރުން އެކަށީގެންވާކަމަށެވެ.
ވައިޖެހޭނެކަމަށް ލަފާކޮށްފައިވަނީ، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. އަދި، ވިލާގަނޑުގައި ގަޑިއަކު 35 މޭލު ބާރުމިނަކަށް ވައިގަދަވުން އެކަށީގެންވާކަމަށް މެޓް އޮފީހުން ބުނެފައި ވެއެވެ.
މިއަދު ކަނޑުތައް އާދައިގެ ވަރަކަށް ގަަދަވާނެކަމަށް ލަފާކޮށްފައިވާއިރު، ރާޅުނަގާނެކަމަށް ލަފާކޮށްފައިވަނީ 3-6 ފޫޓު އުސްމިނުގަ އެވެ.
މޫސުމާ ބެހޭ އިދާރާއިން މިހާރުވަނީ ދެކުނުގެ އަތޮޅުތަކަށް މޫސުމީ ހުދު ސަމާލުވެސް ނެރެފަ އެވެ. ހެނދުނު 10:30 އިން މެންދުރުފަހު 14:30 އަށް ސަމާލު ނެރެފައިވަނީ އެއަތޮޅުތަކަށް އުދަ އަރާނެކަމަށް ލަފާކޮށްނެވެ.