back to top
29 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ހއ އަތޮޅުގައި މަސްވެރިންގެ ދުވަސް ފާހަގަކުރަނީ

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން މިއަހަރުގެ ”މަސްވެރިންގެ ދުވަސް“ ކުލަގަދަގޮތެއްގައި ފާހަގަކުރަން ނިންމައިފި އެވެ.

އެ ކައުންސިލުން ބުނީ، މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ނިންމީ، ހއ.އަތޮޅުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާ އެއްބައިވަންތަކަން ދަމަހައްޓައި އާލާކޮށް، އިޖްތިމާޢީ ގުޅުން ބަދަހިކުރުމުގެ މަޤްޞަދުގައި ކަމަށެވެ. އަދި، މަސްވެރިންގެ ދުވަސް ފާހަގަކުރާނެ ރަށެއް ކަނޑައެޅުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށްވެސް ކައުންސިލުން ބުނެފައި ވެއެވެ.

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން މިހާރު ވަނީ، މަސްވެރިންގެ ދުވަސް ކުލަގަދަ ގޮތެއްގައި އެ އަތޮޅުގައި ފާހަގަކުރުމަށް ޓަކައި، ޕްރޮޕޯސަލް ހުށަހެޅުމުގެ ފުުރުސަތު  އެ އަތޮޅުގެ ރަށު ކައުންސިލްތަކާއި ކުލަބު ޖަމްޢިއްޔާތަކަށް ހުޅުވާލާފަ އެވެ. އެގޮތުން، މަސްވެރިންގެ ދުވަސް ހޯސްޓްކުރަން ބޭނުންވާ ރަށްރަށުންނާއި ޖަމްއިއްޔާ ޖަމާއަތްތަކުން ޕްރޮޕޯސަލް ފުރިހަމަ ކުރެއްވުމަށްފަހު، މިމަހުގެ 29 ވާ އަންގާރަ ދުވަހުގެ 12:00 ކުރިން ކައުންސިލްގެ ރަސްމީ އީމެއިލް info@halifatoll.gov.mv   އަށް  ނުވަތަ އަތޮޅު ކައުންސިލް އިދާރާއަށް ހުށަހެޅުމަށް، ކައުންސިލުން އެދިފައި ވެއެވެ.

ކައުންސިލުން ބުނީ، މަސްވެރިންގެ ދުވަސް ހޯސްޓްކުރާނެ ރަށެއް ކަނޑައަޅާނީ މާކްސް ލިބޭ އުސޫލަށް ބަލައި އެކަމަށް ކަނޑައަޅާފައިވާ އިވެލުއޭޝަން ކޮމިޓީން ނިންމާ ގޮތެއްގެ މަތީންކަމަށެވެ. އަދި، ހޯސްޓުކުރުމުގެ ފުރުޞަތު ލިބޭ ފަރާތަކަށް 30000.00 ރުފިޔާގެ ފައިސާގެ އެހީގެ ގޮތުގައި ދިނުމަށް ނިންމާފައިވާކަމަށްވެސް ކައުންސިލުން ބުނެފައި ވެއެވެ.

ސަރުކާރުން މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ އިހުތިފާލުތައް ބޭއްވުމަށް ނިންމާފައިވަނީ މާލެ ސިޓީގަ އެވެ. މިއަހަރު ފާހަގަކުރަނީ 44 ވަނަ މަސްވެރިންގެ ދުވަހެވެ. މަސްވެރިންގެ ދުވަހު ސަރުކާރުން ދިނުމަށް ނިންމާފައިވާ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތުވެސް މިހާރު ވަނީ ހުޅުވާލާފަ އެވެ.

މިލިޔުމާއި ގުޅޭ