މިފްކޯ ރީސްޓްރަކްޗަރ ކުރެވުމުން މަސްވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުވާނެ: މިނިސްޓަރު
ކެޔޮޅާ |
25 ފެބްރުއަރީ 2024

ސަރުކާރުގެ މަސްކުންފުނި މިފްކޯ ރީސްޓަރކްޗަރ ކޮށް ނިމޭއިރު، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައިވާ ހުރިހައި މައްސަލަތަކަށް ހައްލެއް އަންނާނެކަމަށ ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އިހަވަންދޫގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ބަދަލުވެގެންދާނީ މިފްކޯގެ މައްސަލަތައް ޙައްލުކުރެވިގެންކަމަށެވެ. އެކަމަށްޓަކައި މިފްކޯ ރީސްޓްރަކްޗަރ ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

”މިފްކޯ ރީސްޓްރަކްޗަރ ކުރެވިގެންދާއިރު، އަޅުގަނޑަށް އެބަފެނޭ ދިވެހި ޜާއްޖޭގެ މި ސިނާއަތު ކުރިއަރައިގެން ދާތަން. މި ސިނާއަތުގައި ރާއްޖޭގައި އެންމެ ގިނައިން މަސްގަނެ ބޭރުކުރަނީ މިފްކޯއިން. އެހްެންވީމައި މިފްކޯގައި ހުރި މައްސަލަތައް ހައްލުވެގންދާއިރު އިރާދަކުރެއްވިއްޔާ މުޅި ސިނާއަތުގެ މައްސަަލަހައްލުވެގެން އެދިޔައީ.“ މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިފްކޯގެ މައްސަލަތައް ޙައްލުކުރާނީ ބޭރުގެ އިންވެސްޓަރުން ޝައުގުވެރިވާ ފަދަ ގޮތަކަށް ކަމަށެވެ.

”އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މިސަރުކާރުގެ ފަސް އަަހަރު ނިމޭއިރު މި ސިނާއަތުގައި ހުރި މައްސަލަ ހައްލު ކުރާނަން. ދިވެހި ރާއްޖެއަކީ ބޭރުގެ އިންވެސްޓަރުން އައިސް މަސްވެރިކަމުގެ ސިނާއަތަށް އިންވެސްޓް ކުރާ ތަނަކަށް އިރާދަކުރެއްވިޔާ ހަދާނަން.“ މިނިސްޓަރު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި މަސްވެރިންނަށް ސަރުކާރުން ދޭންހުރި ފައިސާ ދައްކަމުންދާ ގޮތުގެ ތަފުސީލުވެސް ދެއްވި އެވެ. އަދި އެކަންތައް ހައްލުކޮށްދެއްވާނެކަމަށް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް
error: Content is protected !!