back to top
31 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ކަނޑުއޮތްގިރީގައި ބޭނުންކުރި ކަންނެލި ފޮށިތަކެއް ވިއްކާލަނީ

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އިން ކ. ކަނޑުއޮތްގިރީގައި ހިންގަމުންގެންދިޔަ ފެކްޓްރީގައި ބޭނުންކުރި ކަންނެލި ފޮށިތަކެއް ނީލަމުގައި ވިއްކާލަން ނިންމައިފި އެވެ.

މިފްކޯއިން ބުނީ، ނީލަމުގައި ވިއްކާލުމަށް ނިންމާފައިވަނީ، އެ ފެކްޓަރީގައި ބޭނުންކޮށް ހަލާކުވެފައިވާ 35 ފައިބަރު ކަންނެލި ފޮށިކަމަށެވެ. އަދި، ފޮއްޓަކަށް ނީލަން ފެށޭ އަގަކީ 5،000ރުފިޔާކަމަށް މިފްކޯއިން ބުނެފައި ވެއެވެ. އެކުންފުނިން މިހާރު ވަނީ މި ފޮށިތައް ގަންނަން ބޭނުންވާ ފަރާތްތަކަށް ނީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީވުމުގެ ފުުރުސަތު ހުޅުވާލާފަ އެވެ. އެގޮތުން ބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މާދަމާ މެންދުރުފަހު 02:00 ޖެހުމާ ހަމަޔަށް ރަޖިސްޓްރީ ކުރެވެއެވެ.

މިފްކޯއިން ބުނީ، ނީލަން ކުރިއަށް ގެންދާނީ މިމަހުގެ 16 ވަނަ ދުވަހު، ހެނދުނު 11:00 ޖަހާއިރު، މިފްކޯ ހެޑް އްފީސް މީޓިންގ ރޫމްގައި ކަމަށެވެ. ނީލަމުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން ނީލަން ބާއްވާ ތަނަށް ހާޒިރުވާން ޖެހޭނެއެވެ. އަދި، ހާޒިރުވާ ކޮންމެ ފަރާތަކުންވެސް އެފަރާތަކުން ފޮއްޓަކަށް ކިޔާ އަގު ސީލްކުރެވިފައިވާ ސިޓީއެއް މެދުވެރިކޮށް ނީލަން ފެށުމުގެކުރިން ހުށަހަޅަންވާނެކަމަށް މިފްކޯއިން ބުނެފައި ވެއެވެ.

”ހުށަހަޅާ އަގުތަކުގެތެރެއިން އެންމެ މަތީއަގަކުން ނީލަން ފަށައިގެން، ހާޒިރުވެ ތިއްބެވި ބޭފުޅުންގެ މެދުގައި ނީލަން ކުރިއަށް ގެންގޮސް އެންމެ މަތީ އަގު ހުށަހަޅާ ފަރާތް ނީލަމުގެ ބައިވެރިންގެ ހާޒިރުގައި ކަނޑައެޅިގެންދާނެ.“ މިފްކޯއިން ބުނެފައި ވެއެވެ.

މިފްކޯއިން ބުނީ، ނީލަން ފަށާއިރު އެފަރާތެއްގެ އަގު ސީލްކުރެވިފައިވާ ސިޓީއަކުން ހުށަނާޅާ ފަރާތްތަކަށް ނީލަމުގައި ބައިވެރި ނުވެވޭނެކަމަށެވެ.

ނީލަމުގައި ބައިވެރިވާ ކޮންމެފަރާތަކުންވެސް -/10,000 (ދިހަހާސް) ރުފިޔާގެ ކޭޝް ޑިޕޮޒިޓެއް ދައްކަން ޖެހޭއިރު، ނީލަން ކާމިޔާބު ނުކުރެވޭ ފަރާތްތަކަށް ޑިޕޮސިޓްގެ ގޮތުގައި ދެއްކިފައިސާ އަނބުރާ ރައްދުކޮށްދެވޭކަަމަށް މިފްކޯއިން ބުނެފައި ވެއެވެ. އަދި، ނީލަން ކާމިޔާބު ކުރާ ފަރާތަށް ނީލަން ކާމިޔާބުވިކަން އެންގުމަށްފަހު  އެގްރިމެންޓްގައި ސޮއިކުރާ ތާރީހުން ފެށިގެން 05 ދުވަހުގެ މުއްދަތުގައި  ތަކެތި ގެންދަން ޖެހޭނަކަަމަށް މިފްކޯއިން ބުނެފައި ވެއެވެ.

މިލިޔުމާއި ގުޅޭ