back to top
29 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ އިޙްތިފާލްތައް މާލޭގައި ބޭއްވުމަށް ނިންމައިފި

މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ އިހްތިފާލްތައް މާލޭގައި ބާއްވާގޮތަށް ނިންމައިފި އެވެ.

މިހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރަން ކުރިން ސަރުކާރުން ނިންމާފައި އޮތީ، ބ. ތުޅާދޫގަ އެވެ. އަދި އެކަމަށް ތައްޔާރުވުމުގެ ގޮތުން އޯގަސްޓްމަހުގެ ތެރޭގައި ފިޝަރީޒް މިނިސްޓްރީގެ ޓީމެއް ތުޅާދޫއަށް ދަތުރުކޮށް، އެރަށުގެ ކައުންސިލާއި، ސްކޫލާއި، ސިއްހީ މަރުކަޒުގެ ބޭފުޅުންނާ ބައްދަލުކޮށް، މަސްވެރިންގެ ދުވަހުގެ އިންތިޒާމްތައް ހަމަޖެއްސުމާ ގުޅޭ ގޮތުން މަޝްވަރާވެސް ކުރައްވާފައި ވެއެވެ.

އެހެންނަމަވެސް، މިއަދު ފިޝަރީޒް މިނިސްޓްރީން ބުނީ، މަސްވެރިންގެ ދުވަހުގެ ރަސްމީ ހަރަކާތްތައް މާލޭގައި ބާއްވާގޮތަށް މިހާރު ހަމަޖައްސާފައިވާކަމަށެވެ. އެގޮތަށް ނިންމީ ދައުަލަތުން މިހާރު ތަންފީޒްކުރަމުންދާ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން، ތުޅާދޫގައި އެކަން ކުރެވެން ނެތުމުން ކަމަށް މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގައި މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު 10 އެވެ. އެ ދުވަސް ފާހަގަކުރަން ފެށީ 1989 އިން ފެށިގެންނެވެ.

މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަސްވެސް ފާހަގަކުރީ މާލޭގަ އެވެ.

މިލިޔުމާއި ގުޅޭ